logo

"ސިތާރޭ ޒަމީން ޕަރު" ޔޫޓިއުބްގައި ސްޓްރީމްކުރަނީ

profile

އައިޝަތު އިބްރާހިމް - 30 ޖުލައި 2025 - 10:24

އާރުއެސް ޕްރަސައްނާ ޑައިރެކްޓްކޮށް އާމިރު ޚާނާއި އަޕަރްނާ ޕުރޯހިތް ޕްރޮޑިއުސްކޮށްފައިވާ އާމިރް ޚާންގެ އެންމެ ފަހުގެ ފިލްމު "ސިތާރޭ ޒަމީން ޕަރު" ސްޓްރީމްކުރާނީ ޔޫޓިއުބުން ކަމަށް އާމިރު ޚާން ބުނެފިއެވެ.

https://wamco.com.mv/

މިއީ 2007 ވަނަ އަހަރު ރިލީޒްކުރި އާމިރު ޚާންގެ "ތާރޭ ޒަމީން ޕަރް" ގެ ރޫހާނީ ފަހުގެ ފިލްމެއްގެ ގޮތުގައި މަސައްކަތް ކުރާ އިރު، މި ފިލްމުގެ ކާސްޓުންގެ ތެރޭގައި އާމިރު ޚާން އާއި ޖެނީލިއާ ދޭޝްމުކް ފެނިގެންދެއެވެ.

އިންޑިއާގެ މުމްބާއީގައި އިއްޔެ ބޭއްވި އަމިއްލަ އިވެންޓެއްގައި އާމިރް ބުނީ "ސިތާރޭ ޒަމީން ޕަރު" ސްޓްރީމްކުރާނީ މިދިޔަ މާޗު މަހު ލޯންޗުކޮށްފައިވާ އޭނާގެ އަމިއްލަ ޔޫޓިއުބް ޗެނަލް "އާމިރް ޚާން ޓޯކީސް" އިން ކަމަށެވެ.

"ސިތާރޭ ޒަމީން ޕަރު"ގެ ސްޓްރީމިން ރައިޓްސް އެއްވެސް ބަޔަކަށް ނުވިއްކީ އެ ސަބަބަށްޓަކާ ކަމަށް އާމިރް ބުނުފައިވެއެވެ

އާމިރް ބުނި ގޮތުގައި، ޔޫޓިއުބުން އެ ފިލްމު ބެލޭނީ 100 ރުޕީސްއަށް ވުރެ ކުޑަ ފީއެއް ދައްކައިގެންނެވެ.

ކުރިއަށް އޮތް ތަނުގައި ނެރޭ އޭނާގެ އެހެން ފިލްމުތައް ވެސް ސްޓްރީމްކުރާނީ ޔޫޓިއުބުން ކަމަށާއި އޭނާގެ ކުރީގެ ބައެއް ފިލްމުތައް ވެސް ޔޫޓިއުބުން ބެލޭނެ ގޮތް ހަދާނެ ކަމަށް އާމިރް ބުނެފައިވެއެވެ.

އާމިރް ބުނީ ސިނަމާގައި ފިލްމު ދެއްކުމަށް މާލީ ގޮތުން ދަތިވާ ފިލްމު އުފެއްދުންތެރިންނަށް ވެސް އޭނާގެ ޔޫޓިއުބް ޗެނަލުން ފިލްމު ސްޓްރީމްކުރެވޭނެ ގޮތް ހަދައިދޭނެ ކަމަށެވެ. އަދި އެކަން ކުރާނީ ކުޑަ ފީއަކާ އެކު، ފިލްމުގެ އުފެއްދުންތެރިންނަށް ބޮޑަށް ފައިދާވާނެ ގޮތަށް ކަމަށެވެ.

މިދިޔަ މަހު 20 ގައި ޕްރިމިއާކުރި "ސިތާރޭ ޒަމީން ޕަރު" އަދިވެސް އަންނަނީ ސިނަމާތަކުގައި ދައްކަމުންނެވެ. އެ ފިލްމު ޔޫޓިއުބުން ސްޓްރީމްކުރަން ފަށާނެ ތާރީހެއް އަދި އިއުލާން ނުކުރެއެވެ.

އާމިރް އާއި އޭނާގެ ކުރީގެ އަންހެނުން ކިރަން ރާއޯ ޕްރޮޑިއުސްކޮށް 80 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި "ސިތާރޭ ޒަމީން ޕަރު"އަށް ބޮކްސް އޮފީހުގައި ވަނީ 261 ކްރޯޑް ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް މިހާތަނަށް ވަނީ ލިބިފައެވެ. ފިލްމަށް ރަނގަޅު ރިވިއުތައްވެސް ވަނީ ލިބިފައެވެ.

"ސިތާރޭ ޒަމީން ޕަރު"ގައި ދައްކާނީ އޯޓިސްޓިކް ކުދިންގެ ބާސްކެޓް ޓީމަކަށް ކޯޗުކަން ކޮށްދިނުމުގެ ތެރޭގައި މީހަކަށް ދިމަވާ ކަންތައްތަކެވެ.

މި ފިލްމްގެ މިއުޒިކް ހަދާފައިވަނީ ޝަންކަރު އެހެސާން ލޯއިއެވެ.

މި ފިލްމަކީ 2007 ވަނަ އަހަރު ގެނެސްދިން، އާމިރް މިހާތަނަށް އަމިއްލައަށް ޑައިރެކްޓުކުރި ހަމައެކަނި ފިލްމު "ތާރޭ ޒަމީން ޕަރު"ގެ ސީކުއެލްއެކެވެ.

މިއީ 2018 ވަނަ އަހަރު ރިލީޒްކުރި ސްޕެއިންގެ ފިލްމު "ޗެމްޕިއަންސް" ގެ އޮފިޝަލް ރިމޭކެއް ކަމަށާއި، މި ފިލްމުގެ ވާހަކަ އަކީ ނުކުޅެދުންތެރިކަން ހުންނަ ކުޅުންތެރިންގެ ޓީމަކަށް ކުރިއަށް އޮތް މުބާރާތަކަށް ތައްޔާރުވުމުގައި އެހީތެރިކަން ފޯރުކޮށްދީ މުޖުތަމައުގެ ހިދުމަތް ކުރަން ޖެހޭ ސަސްޕެންޑްކޮށްފައިވާ ބާސްކެޓް ބޯޅަ ކޯޗެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay