logo

ޗެޓް ޖީޕީޓީން ދިން 'ޑައިޓް ޕްލޭނަކަށް' އަމަލުކުރި މީހަކު ނަފްސާނީވެ ހޮސްޕިޓަލަށް!

profile

ޒިދާން މުޙައްމަދު - 17 އޯގަސްޓު 2025 - 12:14

ޗެޓް ޖީޕީޓީން ދިން 'ޑައިޓް ޕްލޭނަކަށް' އަމަލުކުރި މީހަކަށް ސިއްހީ މައްސަލަތަކެއްް ދިމާވެ ހޮސްޕިޓަލުން ފަރުވާ ހޯދަން ޖެހިއްޖެއެވެ.

https://wamco.com.mv/

އުމުރުން 60 އަހަރުގެ ފިރިހެނަކު ހޮސްޕިޓަލުގައި އެޑްމިޓްކުރީ ކެއުމުގެ ވައްޓަފާޅިއާއި ކެއުންބުއިމަށް ބޭނުންކުރާ އެއްޗެއްސަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން ޗެޓްޖީޕީޓީއާ މަޝްވަރާ ކުރުމަށް ފަހު، ދިމާވި ސިއްހީ މައްސަލަތަކަކާ ގުޅިގެންނެވެ.

ނިއުޔޯކް ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ މީހާގެ ކެއުމުން ސޯޑިއަމް ކްލޮރައިޑް އުނިކުރުމާ ބެހޭ ގޮތުން އޭއައި ޗެޓްބޮޓެއް ކަމަށްވާ ޗެޓްޖީޕީޓީއާ ސުވާލުކުރުމުން ލިބުނު ޖަވާބުތަަކަށް ރިއާޔަތްކޮށް، ކެއުމަށް ބަދަލު ގެނައުމުން ނަފްސާނީ މައްސަލަތަކެއް ހުރެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރިއެވެ. އޭނާއަކީ މީގެ ކުރިން ނަފްސާނީ އަދި ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައިވާ މީހެއް ނޫން ކަމަށާއި ނަމަވެސް ހޮސްޕިޓަލުގައި އެޑްމިޓްކުރިތާ ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައިވެސް އޯޑިޓަރީ އަދި ވިޝުއަލް ހެލޫސިނޭޝަންތަކާއެކު ޕެރަނޯއިއާ މައްސަލަ ފާހަގަވިކަން މެޑިކަލް ޑޮކްޓަރުންނާ ހަވާލާދީ އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ. އަދި އޭނާ އަވަސްއަވަހަށް އާދަޔާ ޚިލާފަށް ކަރުހިއްކުމާއި، ކޯޑިނޭޝަންގެ މައްސަލަތަކާވެސް ކުރިމަތިލާން ޖެހުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހުރިހާ ކަމެއް ފެށުނީ ޓޭބަލް ސޯލްޓްގެ ސަބަބުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް އެ މީހާއަށް އެނގުމުންނެވެ. އޭނާ ޗެޓްޖީޕީޓީގެ ލަފައަކަށް އެދުމުން ސޯޑިއަމް ބްރޮމައިޑަކީ އޭގެ ބަދަލުގައި ބޭނުން ކުރެވިދާނެ އެއްޗެއް ކަމަށް ބުނެފައިވެއެވެ.

ސޯޑިއަމް ބްރޮމައިޑް ފެނުމުގައި ޓޭބަލް ސޯލްޓާ އެއްގޮތް ނަމަވެސް މިއީ މުޅިން ތަފާތު އަދި ކެމިކަލެއްކަން ފާހަގަކޮށްލަން ޖެހެއެވެ. ބައެއް ފަހަރު ފާމަސޫޓިކަލްސްގައި ބޭނުން ކުރާއިރު، އޭގެ މައިގަނޑު އެޕްލިކޭޝަންތަކަކީ އިންޑަސްޓްރިއަލް އަދި ކްލީނިން ކޮންޓެކްޓްސްއެވެ. މިކެއުމަށް ބޭނުންކޮށްފި ނަމަ ނާރުގެ މައްސަލަތަކާއި ހަމުގެ މައްސަލަތައް މެދުވެރިވެއެވެ. ނަފްސާނީ މައްސަލަތަކާ ހަމައަށް ވާސިލުވަނީ ނާރުގެ މައްސަލަތަކާ ގުޅިގެންނެވެ.

މި ހާދިސާގެ ވާހަކަ އެމެރިކަން ކޮލެޖް އޮފް ފިޒިޝިއަންސް ޖާނަލްގައިވެސް ލިޔެފައިވެއެވެ. ކޮލެޖުގައި ނިއުޓްރިޝަން ކިޔެވި އެ މީހާ އޭނާގެ ކެއުމުން ސޯޑިއަމް ކްލޮރައިޑް އުނިކޮށް އޭގެ ބަދަލުގައި އޮންލައިންކޮށް އޯޑަރު ކުރި ސޯޑިއަމް ބްރޯމައިޑް ބޭނުންކޮށްގެން އެކްސްޕެރިމެންޓެއް ކުރަމުން އައިކަން އެ ރިޕޯޓުން އެނގެއެވެ. މި ބަދަލުވި ކެއުމަށް ފަހު ތިން މަސް ދުވަސް ފަހުން އޭނާ ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.

https://wamco.com.mv/
https://www.aslu.com.mv