logo

ޖުމްހޫރީ މައިދާނަށް އުފަންވި ދެ މާކަނާ!

profile

ޒިދާން މުޙައްމަދު - 05 ސެޕްޓެމްބަރު 2025 - 18:23

ކަވަރ ފޮޓޯ: ޖުމްހޫރީ މައިދާނުން މި ފޮޓޯ ނަގާފައި ވަނީ ތިމާވެށި ދާއިރާގެ ފޮޓޯގްރަފީއިން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ހުސައިން ނިޔާޒް، ނ. ޅޮހި.

https://wamco.com.mv/

ޖުމްހޫރީ މައިދާނުގެ ގަހެއްގައި ހާލި ހަދައިގެން މާކަނާތަކެއް ވިހައިފިއެވެ.

މާލޭގެ މޫނުމަތީގައި ހުންނަ ޖުމްހޫރީ މައިދާނުގެ އިސްލާމިކް ސެންޓަރާވީ ފަރާތުގައި، ހުރި އެ ގަހުގައި ހާލި ހަދައިގެން ވިހާފައިވާ ދެ މާކަނާ މިހާރު ތިބީ ބޮޑުވެގެން ހާލި ދޫކޮށް ދާން ތައްޔާރުވާ މަރުހަލާގައެވެ.

މާލޭގެ އުތުރު ފަރާތުން ނޯތު ހާބަރު ސަރަހައްދުގައި މާކަނާ އުޅޭކަން ފާހަގަކުރެވެއެވެ. ބައެއް ފަހަރު ވަޅޯމަސްމާރުކޭޓާއި މަސްމާރުކޭޓުގެ ފުރާޅުމަތީވެސް މާކަނާތައް ތިބޭ މަންޒަރު ފެނެއެވެ. އަނެއްބައިފަހަރު ފެންނަނީ ތޮށިމަތިންނެވެ.

މާކަނާއަކީ ރާއްޖޭގެ ގޮނޑުދޮށްތަކާއި ކުޅިފައި ޗަސްބިންތަކުން އެންމެ ގިނައިން ފެންނަ އެއް ދޫންޏެވެ. މި ދޫނީގެ ސިފަތަކަށް ބަލާއިރު ރާއްޖެއިން ފެންނަ އެހެންދޫނިތަކާއި އަޅާބަލާއިރު އެންމެ ދިގު ކަރެއް އަދި ފަޔެއް ލިބިފައިވަނީ މި ދޫންޏަށެވެ. މާކަނާގެ ގައިގެ ފަތްތަކުގައި ހިމެނެނީ ހުދު، އަޅި، އަދި ކަލުކުލައެވެ.

މާކަނާއަކީ އޭގެ ކާނާގެ ގޮތުގައި މަސް ކައި އުޅޭ ދޫންޏެކެވެ. އެހެންކަމުން މި ދޫންޏަކީ މަސް ހިފުމުގައި އިތުރު ހުނަރުވެރިކަމެއް ލިބިފައިވާ މޮޅު ދޫންޏެކެވެ. އެހެންނަމަވެސް ކާނާ ހޯދުމުގައި ގިނަ ވަގުތުތަކެއް މިދޫނި ހޭދަކުރެއެވެ.

undefinedރާއްޖޭގެ ރަށެއްގައި މާކަނައެއް ޝިކާރަކުރާނެ އެއްޗެއްގެ އިންތިޒާރުގައި --- ފޮޓޯ: ހުސައިން ނިޔާޒް

މި ދޫނި އާންމުކޮށް ދިރިއުޅެނީ ކަނޑާ ކައިރި ސަރަޙައްދުތަކުގައެވެ. ގޮނޑުދޮށުގައި ހުރެ، ކުދި މަސްތައް ފެނުމުން އެ މަސް ހިފުމަށް އެ ގެންނަ ކުއްލި ހަރަކާތަކީ ބަލައި ފުހިނުވާފަދަ ހިތްގައިމު ހަރަކާތެކެވެ.

މާކަނާގެ ބްރީޑިންގް މޫސުމަކީ މި ދޫނީގެ ދިރިއުޅުމުގެ އެންމެ މުހިންމު ދައުރެވެ. އާންމުކޮށް މާކަނާ ބްރީޑްކުރަނީ އަހަރުގެ ވަކި ވަގުތެއްގައެވެ. މި ދޫނި ބިސް އަޅައި ހަދަނީ ރުއްގަހުގެ މަތީގައި ނުވަތަ ފަޅުރުއްތަކުގައެވެ. އާންމުކޮށް އެއްފަހަރާ 2-5 ބިސް އަޅައެވެ.

މާކަނާއަކީ ރާއްޖޭގެ ޘަޤާފަތާ ގުޅިލާމެހިފައިވާ ދޫންޏެކޭ ބުނެވިދާނެއެވެ. ޒަމާނުއްސުރެ ދިވެހިން މި ދޫންޏާ މެދު ޝައުޤުވެރިކަން ބަހައްޓައެވެ. އެގޮތުން ކުޑަކުދިންނަށް ޚާއްސަ ވާހަކަތަކާއި، ލަވަތަކާއި، ބަނދި، ކާ، ރައިވަރުގައި މި ދޫނީގެ ވާހަކަ ގެނެވިފައިވެއެވެ. އަދި މާކަނާގެ ސިފަ ރާއްޖޭގެ ތަފާތު އުފެއްދުންތަކުގައި ބޭނުންކުރެއެވެ.

undefinedރާއްޖޭގެ ރަށެއްގެ ގޮނޑޮދޮށުގައި މާކަނައެއް މަޑުކޮށްލައިގެން --- ފޮޓޯ: ހުސައިން ނިޔާޒް

ނަމަވެސް ރާއްޖޭގެ ތިމާވެއްތަށް އަންނަމުންދާ ބަދަލުތަކާއި އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން މާކަނާގެ އާބާދީއަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދެއެވެ. މި ދޫނީގެ ނަސްލު ރައްކާތެރިކުރުމަށްޓަކައި ސަރުކާރުންނާއި ތިމާވެށި ރައްކާތެރިކުރާ ޖަމްޢިއްޔާތަކުން މަސައްކަތްތަކެއް ކުރަމުންދެއެވެ.

މިދޫންޏަކީ ރާއްޖޭގެ ޤުދުރަތީ ރީތިކަމުގެ މުހިންމު ބައެކެވެ. މި ދޫނި ރައްކާތެރިކޮށް، އަންނަން އޮތް ޖީލުތަކާއި ހަމައަށް ބެލެހެއްޓުމަކީ އެންމެންގެ ޒިންމާއެކެވެ. މާކަނާގެ އުޅުމާއިގުޅުން ރާއްޖޭގެ ގޮނޑުދޮށްތަކުން އަބަދުވެސް ފެންނަމުންދިއުމަކީ ދިވެހީން އެދޭ ކަމެކެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay