logo

ހުޅަނގު މޫސުމުގެ ފަނަރަވަނަ ނަކަތް ހެއި ނަކަތް ފެށިއްޖެ

profile

ޒިދާން މުޙައްމަދު - 20 އޮކްޓޯބަރު 2025 - 10:27

ހުޅަނގު މޫސުމުގެ ސާދަވަނަ ނަކަތް "ހިތަ" ނިމި، "ހެއި" ނަކަތް ފެށިއްޖެއެވެ.

https://wamco.com.mv/

ހެއި ނަކަތަކީ އޮކްޓޯބަރުމަހުގެ 18ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރުމަހުގެ 31ވަނަ ދުވަހުގެ ނިޔަލަށް ދެމިގެންދާ ނަކަތެކެވެ.

މިއީ ހުޅަނގު މޫސުމުގެ ފަނަރަވަނަ ނަކަތެވެ. މިއީ ވައި އެނބުރޭ ނަކަތެކެވެ. މި ނަކަތުގައި ވައިބާރުވެފައި އެކިފަހަރު ވައި ޖެހޭނީ އެކި ދިމާއިންނެވެ. އެކަމަކު ޢާންމުކޮށް ވައި ހުންނާނީ ހުޅަނގުގައެވެ.

ވައިގެ ބާރުމިން ހުންނާނީ އެވްރެޖްކޮސް ގަޑިއަކު 22.22 ކިލޯމީޓަރު ބާރުމިނުގައެވެ. 4.37 އިންޗީގެ ވާރޭ ވެހޭނެއެވެ. މި ނަކަތުގައި ޢާންމުކޮށް 109.7 ގަޑިއިރު އަވިދޭނެއެވެ. މި ނަކަތުގައި މަސްވެރިކަން ރަނގަޅުވެފައި ބޭނޭ މަހުގެ ސައިޒު ބޮޑުވާނެއެވެ. ސައިޒުން ބޮޑު ކަޅުބިލަމަހާއި ކަންނެލި ބޭނެއެވެ.

18 ނަކަތް ހިމެނޭ ހުޅަގު މޫސުން ފެށުނީ އޭޕްރީޕް މަހުއެވެ. އިރުވައި މޫސުން ނިމުނީ އޭޕްރީލް ހަތްވަނަ ދުވަހު 'ރޭވަ' ނަކަތުންނެވެ. އިރުވައި މޫސުމުގައި ހިމެނުނީ ޖުމުލަ ނުވަ ނަކަތެވެ.

މި ދުވަސްވަރު މޫސުމަށް ބަލައިގެން ދަތުރުކުރަން ކަމާބެހޭ ފަރާތްތަކުން ވަނީ ލަފާ ދީފައެވެ. މި ގަދައިގައި ނުރައްކާތެރި ހާދިސާތަކެއް ވެސް ވަނީ ހިނގައިފައެވެ.

މި ނަކަތަށް ފަހު ހުޅަނގުމޫސުމުގައި ދެން އޮންނާނީ ނޮވެމްބަރު 1 އިން 13 އަށް ލައިގަންނަ ވިހަ ނަކަތެވެ. އެއީ ވިއްސާރަ އަލި މަސްވެރިކަން ރަނގަޅު ނަކަތެވެ. "ހެއި" ނަކަތަށް ފަހު މަސްވެރިން ކަނޑުމައްޗަށް ނުކުންނަން ފަށާނީ މި ނަކަތުގައެވެ.

އެއަށް ފަހު ނޮވެމްބަރު 14އިން 26 އަށް އޮތީ "ނޮރަ" ނަކަތެވެ. އެ ނަކަތުގައި ހިސާބަކަށް ވައި މަޑުވެފައި، އަވިދިން ނަމަވެސް ދޭތެރެއަކުން ވާރޭ ވެހޭނެއެވެ. އެއަށް ފަހު ނޮވެމްބަރު 27 އިން ޑިސެމްބަރު 9 އަށް އޮތީ "ދޮށަ" ނަކަތެވެ. އިރުއުތުރުން އާދައިގެ ވަރަކަށް ވައި ޖެހޭނެއެވެ. މަސްވެރިކަން ރަނގަޅުވާނެއެވެ. އެއަށް ފަހު ޑިސެމްބަރު 10 ވަނަ ދުވަހު އިރުވައި މޫސުމުގެ ފުރަތަމަ ނަކަތް "މުލަ" ގައިދަށްވާނެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay