logo

ބާޒާރުގައި ތަކެތީގެ އަގު ހިފެހެއްޓިފައި!

profile

ޒިދާން މުޙައްމަދު - 29 ޖޫން 2025 - 14:20

ފާއިތުވި ހަފުތާގައި މާލޭގެ ބާޒާރުގައި ތަކެތީގެ އަގު ހުރި ވަރާ ދާދި އެއްވަރެއްގައި މިހަފުތާ ފެށުނުއިރުވެސް ތަކެތީގެ އަގު ހިފެހެއްޓިފައި ހުރިކަން "އަސްލު" ނޫހުން ބެލިބެލުމުން އެނގިއްޖެއެވެ.

https://wamco.com.mv/

މިދިޔަ ހަފުތާގައި ވެސް ފާހަގަކުރެވުނު ގޮތަށް ކެއްކުމާއި ކެއުންތައް ތައްޔާރުކުރުމުގައި އާންމުކޮށް ބޭނުންކުރާ ބާވަތްތަކުގެ ތެރެއިން މާލޭގެ ލޯކަލް މާރުކޭޓުގައި މިހާރު އެންމެ އަގު އުފުލިފައި ހުރީ ލުނބޯގެއެވެ. މީގެ ކުރިން ބާޒާރުގައި ލުނބޯ ކިލޯއެއް ލިބެން ހުރީ 40 ރުފިޔާއާއި 50 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. ނަމަވެސް ލުނބޯ ކިލޯއެއްގެ އަގު މިހާރު ހުރީ 100 ރުފިޔާއާއި 120 ރުފިޔާއާ ދެމެދުގެ އަގަކަށް އުފުލިފައެވެ.

މާލެގެ ލޯކަލް މާރުކޭޓްގައި މީގެ ކުޑަދުވަސްކޮޅެއް ކުރިން އަނބު މިހާރު މާރުކޭޓުގައި ވަރަށް ތަދެވެ.

ޖުމްހޫރީ މޭވާ ކިލޯއެއްގެ އަގު ހުރީ 110 ރުފިޔާގައި ހިފެހެއްޓިފައެވެ. ކެރެޓް ކިލޯއެއް ލިބެން ހުރީ 30 ރުފިޔާއަށެވެ.

ފަތްޕިލާވެލީގެ ބާވަތްތަކުގެ އަގުތަކަށް ބަލާލާއިރު ކުއްޅަފިލާފަތް މަދުކަން ފާހަގަކުރަން ޖެހެއެވެ. ކޮޕީފަތް ބޮނޑިއެއްގެ އަގު 10 ރުފިޔާގައި ހުރިއިރު ލެޓިއުސް ގަންނަން ލިބެން ހުރީ 40 ރުފިޔާއަށް ކިލޯއެއްކަން ފާހަގަކުރެވެއެވެ. ކަންކުން ފަތް ބޮނޑިއެއް ހުރީ 5 ރުފިޔާއަށްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

ވިޔަފާރިވެރިން ބުނާ ގޮތުގައި ތަރުކާރީއާއި މޭވާ އަދި ކާބޯތަކެތީގެ އެހެން ބާވަތްތައް ލިބުމުގައި މާބޮޑު ދަތިކަމެއް މިހާރު ނެތެވެ. އެހެން ނަމަވެސް ލުނބޯގެ އަގު މަތިވެ ލިބުމުގައި ދަތިކަން ދިމާވާކަން ފާހަގަކުރެއެވެ.

ބާޒާރުގެ އެހެނިހެން ބާވަތްތަކުގެ އަގުތައް:

ކާށި - 25 ރުފިޔާ 12 ރުފިޔާ 15 ރުފިޔާ އަދި 8 ރުފިޔާ

ހިނކަދި ފަތް ބޮޑިއެއް - 10 ރުފިޔާ

ރާނބާފަތެއް - 5 ރުފިޔާ

ބަށި ކިލޯއެއް - 45 ރުފިޔާ

ބޯޝި - 25 ރުފިޔާ

ކިއުކަންބާ ކިލޯއެއް - 30 ރުފިޔާ

ބަރަބޯ ކިލޯއެއް - 25 ރުފިޔާ

ދޮންކެޔޮ ކިލޯއެއް - 30 ރުފިޔާ

ބަނބުކެޔޮ ކިލޯއެއް: 100 ރުފިޔާ

ކުރުނބާ: 20 ރުފިޔާ އަށް ކުޑަ 30 ރުފިޔާ އަށް ބޮޑު

ތޮރާ ކިލޯއެއް: 25 ރުފިޔާ

ފަޅޯ ކިލޯއެއް - 45 ރުފިޔާ

ލޮނުމެދު ކިލޯއެއް - 85 ރުފިޔާ

ތޮޅި މިރުސް: 100 ގްރާމް 10 ރުފިޔާ އަށް

ކަނޑޫދޫ މިރުސް: 10 ރުފިޔާ އަށް 100 ގްރާމް

ގިއްސާ: 25 ރުފިޔާ ކިލޯ

ޗިޗަންޑާ: 20 ރުފިޔާ ކިލޯ

މީގެ އިތުރުން ރިހާކުރުގެ ބާވަތްތަކާއި ދިޔާ ހަކުރުވެސް ލޯކަލް މާރުކޭޓްގައި ލިބެންހުރިކަން ފާހަގަކުރަންޖެހެއެވެ. ދިޔާހަކުރަށް ބަލާއިރު ފުޅިއެއް ލިބެނީ 70 ރުފިޔާއަށެވެ.

ވަޅޯމަސް މާރުކޭޓުގައި ވަޅޯމަހުގެ ބާވަތްތައް މަދުކަން ފާހަގަކުރެވެއެވެ. އެހެން ނަމަވެސް އަގުތައް މާ މަތިނޫންކަންވެސް ފާހަގަކުރެވެއެވެ. އަގުތަކަށް ބަލާއިރު އާދައިގެ ސައިޒުގެ ވަޅޯ މަހެއް އުޅެނީ 20- 25 ރުފިޔާ ދެމެދުގައެވެ. ބޮޑު ވަޅޯ މަހެއް އުޅެނީ 60 - 75 އާދެމެދުއެވެ. މިއީ ކަންނެލި މަސް ކަން ވިޔަފާރިވެރިން ފާހަގަކުރެއެވެ. ބާޒާރުގައި ހިކިމަސް ލިބެންހުރީ 80 - 90 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ.

https://wamco.com.mv/
https://www.aslu.com.mv