
މެމްބަރު ސަލީމް
ދައުލަތް ވަރުގަދައަށް ހިންގާނަމަ ސިޔާސީ މަގާމުތައް އިތުރުކުރަންޖެހޭ: މެމްބަރު ސަލީމް

އާމިނަތު ޝަފާ - 30 ޖުލައި 2024 - 17:04
ދައުލަތް ވަރުގަދައަށް ހިންގާނަމަ އަދިވެސް ސިޔާސީ މަގާމުތައް އިތުރުކުރަންޖެހޭކަމަށް ވިދާޅުވެ އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވައިފިއެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވީންސުރެ ސަރުކާރުގެ ސިޔާސީ މަގާމުތައް އިތުރު ކަމަށާއި އަދި ސީދާ ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަނުކުރާ ކަމަށްބުނެ އިދިކޮޅު ފަރާތްތަކުން އައީ ފާޑުކިޔަމުންނެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސަލީމް ވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާ ނުކުޅުމަށް އިދިކޮޅު ފަރާތްތަކަށް ގޮވާލައްވާފައެވެ. އިދިކޮޅު ފަރާތްތަކުން ކޮންމެ ވާހަކައެއް ދެއްކިޔަސް ސަރުކާރު ދާނީ ކުރިއަށް ކަމަށާއި ސަރުކާރު ބަނގުރޫޓުވެފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަމުންދާއިރު އެ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް ސަލީމް ވިދާޅުވިއެވެ.
"މި ސަރުކާރުން މިހާރުވެސް މުވައްޒަފުންނަށް މާކުރިއަށް މުސާރަދޭ. ކާކަށް ކޯއްޗެއްތޯ މަދުވީ މި ސަރުކާރު އައިފަހުން. ސިވިލް ސާވިސްއިން މީހަކު ކަނޑާލިތޯ؟ކުންފުންޏަކުން މީހަކު ކަނޑާލިތޯ؟ ސިޔާސީ މަގާމުތައް އިތުރުކުރާ ވާހަކަ ދައްކާއިރު ދައުލަތް ވަރުގަދައަށް ހިންގާނަމަ އަދިވެސް ސިޔާސީ މަގާމުތައް އިތުރުކުރަންޖެހޭ. ސިޔާސީ މަގާމުތައްދެނީވެސް ދިވެހި ރައްޔިތުންނަށް".
މި ސަރުކާރުގެ އަމާޒަކީ ކުންފުނިތަކުގައި އިތުރު ވަޒީފާ އުފައްދައި ކޮންމެ ދިވެހި ރައްޔިތަކަށް ވަޒީފާ ލިބޭނެ ގޮތް ހަދާދިނުން ކަމަށް ސަލީމް ވިދާޅުވިއެވެ.
ދައުލަތާ ހަވާލުވީއިރު އިގްތިސާދީ ހާލަތު އޮތް ގޮތާ ގުޅޭގޮތުން ފާޑުކިޔާ ފަރާތްތަކަށް ސަލީމް ވިދާޅުވީ ކަންކަމުގެ އަސްލު ހަގީގަތް އެނގޭނީ ގޮޑީގައި އައިސް އިށީނދެ ހަފްތާއެއްވުމުން ކަމަށެވެ.
ދަރަނި ދެއްކޭނެ ނިޒާމުވެސް ކުރީ ސަރުކާރުން ފުނޑާލާފައިވާ ކަމަށާއި މިހާރު މަސައްކަތްކުރަނީ ދަރަނި ދެއްކުމަށް ޑޮލަރު ޖަމާކުރުމުގެ މަސައްކަތްކަމަށް ސަލީމް ވިދާޅުވިއެވެ.
"ފައިސާ ޖެހިދާނެ. ކިތަންމެ ވަރަކަށްވެސް އެކަން ވެދާނެ. މަޖިލީހުގައި ބާރުވެސް އެބައޮތް. އެކަން ކުރަން އަޅުގަނޑުމެން ބޭނުމެއްނުވޭ. އަޅުގަނޑު ދަންނަވަން ފައިސާ ޗާޕްކުރަން. ރައީސް ރާވަނީ މުސްތަގުބަލު ރާވަން. އެމަނިކުފާނަކީ ހުލްގުހެޔޮ ތެދުވެރި ބޭފުޅެއް. މަޝްވަރާގެ ރިވެތި އުސޫލު ރައީސްގެ ހުންނަވާ".
އެންމެން ރުއްސައިގެން ގައުމެއް ނުހިންގޭނެކަމަށް ވިދާޅުވެ ސަލީމްވަނީ މީހުން ދައްކާހާ ވާހަކައަކަށް ރައްދު ނުދިނުމަށް ރައީސަވެސް އިލްތިމާސް ކުރައްވާފައެވެ.
އަބަދުވެސް ތިބެންވާނީ ރައްޔިތުންގެ ދަށުގައިކަމަށާއި ރައީސް ގެންގުޅުއްވަނީ އިސްލާހީ އެޖެންޑާއެއްކަމަށް ސަލީމް ވިދާޅުވިއެވެ. މީހުން ފަޟީހަތްނުކުރުމަށް އިދިކޮޅު ފަރާތްތަކަށް ސަލީމްވަނީ ގޮވާލައްވާފައެވެ.
ވާހަކަފުޅު ނިންމާލަމުން ސަލީމް ވިދާޅުވީ ބައެއް މީހުން ރައީސް މުއިއްޒަކީ ވަކި ރަށަކަށް އުފަން ބޭފުޅެއް ކަމަށްބުނެ މައްސަލަތައް ފެންމަތިކުރާ ކަމަށާއި މީހާގެ މޮޅުކަމަކީ ވަކި ރަށަކަށް އުފަންވެގެން ލިބޭނެ އެއްޗެއް ނޫންކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ރަސްމާލޭގެ ބިން އީގަލް ހިލްސްއަށް: އެކުއިޒިޝަން އަގާއި ކުލި ނުލިބުމުން ވާ މާލީ ގެއްލުން
3 ގަޑިއިރު ކުރިން
.webp&w=3840&q=75)
މި ސަރުކާރުގެ ވެރިން ބޭޒާރު ކޮށްލާނަން، ނުކުންނާނީ ފަހަރަކު މީހެއްގެ ވީޑިއޯއެއް: ޕާޕާ
19 ގަޑިއިރު ކުރިން

ތޫފާން "އަރްނާބް" ބުދަ ދުވަހު އަންދްރަ ޕްރަދޭޝްގެ އައްސޭރިފަށަށް އަރާނެ ކަމަށް ލަފާކޮށްފި
19 ގަޑިއިރު ކުރިން

އިޒްރޭލު އިންތިޚާބު: ބޭރުގެ މައްސަލަތަކުގައި ކެންޑިޑޭޓުންގެ އެއްބަސްވުމާއި ދާޚިލީ ކަންކަމުގެ ހޫނު ބަހުސް!
19 ގަޑިއިރު ކުރިން


