logo

ވަން ޕީސް ގެ ތަރި ޓެޒް ސްކައިލަރ ރާއްޖެ އަތުވެއްޖެ

profile

މުޙައްމަދު ފަޟްލޫން - 27 އޯގަސްޓު 2025 - 17:16

ވަން ޕީސް ގެ ތަރި ޓެޒް ސްކައިލަރ ރާއްޖެއަށް ކުރި ޒިޔާރަތުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ޒިޔާރަތްކުރާނެ ކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނެފިއެވެ.

https://wamco.com.mv/

ނެޓްފްލިކްސްގެ މަޝްހޫރު ވަން ޕީސް ލައިވް އެކްޝަން ސިލްސިލާގައި ސަންޖީގެ ދައުރު އަދާކޮށް ދުނިޔޭގެ މަޤުބޫލުކަން ހޯދާފައިވާ އެކްޓަރ ޓެޒް ސްކައިލަރ، މިއަދު ވަނީ ރާއްޖެ އައިސްފައެވެ.

އޭނާގެ މިދަތުރުގައި ރާއްޖެ އިޝްތިހާރު ކުރަން މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑަރެއް ކަމަށްވާ، ސްކައިލަރގެ ރާއްޖެ އައިސްފައިވަނީ ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމެބެސެޑަރޝިޕް ޕްރޮގްރާމު ދަށުންނެވެ.

ވަން ޕީސް ސިލްސިލާގެ ސްޓްރޯ ހެޓް ޕައިރޭޓްސްގެ ހުނަރުވެރި ކައްކާ ސަންޖީގެ ރޯލު ކުޅޭ ސްކައިލަރ، އޭނާގެ އެމްބެސެޑަރޝިޕްގެ ތެރޭގައި ދިވެހިރާއްޖެ އިޝްތިހާރު ކުރަން ދެ ހަފްތާއަށް ވުރެ ގިނަ ދުވަސް ރާއްޖޭގައި ހޭދަކުރާނެއެވެ.

ރާއްޖޭގެ ހިތްގައިމު ޤުދުރަތީ ރީތިކަމާއި، ސަގާފީ މުއްސަނދިކަމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، ޚާއްސަކޮށް އެޑްވެންޗަރ ފަތުރުވެރިކަމުގެ ފުރުސަތުތައް ޕްރްމޯޓްކުރުމުގައި މިމަހުގެ 27 ސެޕްޓެމްބަރު 14 އަށް ސްކައިލަރ ރާއްޖޭގައި ހަރަކާތްތެރިވާނެއެވެ.

ސްކައިލަރގެ މި ދަތުރުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތްކޮށް، އެޑްވެންޗަރ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް ތަފާތު މޫދު ކުޅިވަރުތަކާއި ކަނޑުއަޑީގެ ހިތްގައިމުކަން ދައްކާލުމަށް ގިނަ ހަރަކާތްތަކެއް ތަޖުރިބާކުރާނެއެވެ. ހަމަ އެއާއެކު، ދިވެހި ޘަޤާފަތާއި އާދަކާދަ ޕްރޮމޯޓްކުރުމަށް، މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކޮށް ދިވެހީންގެ ދިރިއުޅުމާއި އަދާކާދަ ތަޖުރިބާކުރާނެއެވެ.

އިންސްޓަގްރާމްގައި 1.8 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ތިބި ސްކައިލަރގެ ޕޯސްޓުތަކަށް އެވްރެޖްކޮށް 45،000 ލައިކް އަދި 300 އަށްވުރެ ގިނަ ކޮމެންޓް ލިބެއެވެ.

މިފަދަ ނުފޫޒެއް އޮތުމުން، ވިޒިޓް މޯލްޑިވްސްއަށް އާ ބައިނަލްއަޤްވާމީ އޯޑިއަންސްތަކަކާ ހަމައަށް ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ އިތުރުން، ދިވެހީންގެ އާދަކާދައާއި، ރާއްޖޭގެ ކަލިނަރީ އަދި އެޑްވެންޗަރ ފަތުރުވެރިކަމުގެ ވާހަކަތައް، ދިވެހިވަންތަކަމާއި ޝައުގުވެރިކަމާއެކު ދައްކުވާދިނުމުގެ ފުރުޞަތު ލިބިގެންދާ ކަމަށް ވީއެމްސީން ވަނީ ބުނެފައެވެ.

ސްކައިލަރ ރާއްޖެ އައުމާއި ގުޅިގެން ވީއެމްސީގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވަނީ އޭނާއަށް މަރުހަބާ ދަންނަވާފައެވެ.

ޝިއުރީ ވިދާޅުވީ ސްކައިލަރގެ ނުފޫޒާއި ވާހަކަ ކިޔައިދިނުމުގެ ހުނަރުން ޘަޤާފީ، އެޑްވެންޗަރ، އަދި ދިރިއުޅުމުގެ ވައްޓަފާޅީގެ ތަޖުރިބާތައް ލިބޭ މަންޒިލެއްގެ ގޮތުގައި ދުނިޔޭގެ އިޝްތިހާރުކޮށް ދިވެހިރާއްޖެއަކީ ފައިހަމަ ކުރުމަށް މަގުފަހިވެގެންދާ ކަމަށެވެ.

ސްކައިލަރގެ ޒިޔާރަތް މެދުވެރިކޮށް، ވިޒިޓް މޯލްޑިވްސްއިން ކުރިއަށް ގެންދަނީ މުހިންމު މާކެޓްތަކުގައި ދިވެހިރާއްޖޭގެ ބްރޭންޑް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކަމަށް ވަނީ ބުނެފައެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay