logo
މާލޭގެ ފިހާރައެއް

މާލޭގެ ފިހާރައެއް

މާދަމާއިން ފެށިގެން މެންދަމު 1 ޖަހަންދެން ފިހަރާތައް ހުޅުވޭނެ!

profile

އަހުމަދު ޒަލީފު - 14 މާރިޗު 2023 - 12:16

މާދަމާއިން ފެށިގެން މެންދަމު 1 ޖަހަންދެން ފިހާރަތައް ހުޅުވާފަ ބެހެއްޓޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

https://wamco.com.mv/

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ މާދަމާއިން ފެށިގެން ރަމަޟާންމަހާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހު މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:30 އިން މެންދަމު 1:00އަށް ކަމަށެވެ.

މީގެއިތުރުން ރޯދަމަހު ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވައިގެން ޚިދުމަތް ދެވޭނީ ހަވީރު 5:30އިން ފެށިގެން މެންދަމު 3:00އާ ހަމައަށް ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. އަދި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ކެއިން ބުއިމުގެ ޚިދުމަތް ދޭ ތަންތަން ހުޅުވައި ޚިދުމަތް ދެވޭނީ ފަތިހު 4:30އިން ފެށިގެން މެންދަމު 3:00އާ ހަމައަށް ކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނުން ކަނޑައެޅިފައިވާ ވަގުތުތަކުގައި ޚިދުމަތް ދިނުމަށް އިލްތިމާސްކޮށްފައެވެ.

https://wamco.com.mv/
https://www.aslu.com.mv