އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު / ފޮޓޯ: ރައީސް އޮފީސް
ތެޔޮ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް: ވަޒީރު ސައީދު

މުޙައްމަދު ފަޟްލޫން - 03 މާރިޗު 2026 - 08:04
ދިވެހިރާއްޖެއަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގައި މިވަގުތު އެއްވެސް ދަތިކަމެއް ނެތްކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު އިއްޔެ އެކަނިވެސް 25 އިންސައްތައާއި 30 އިންސައްތައާ ދެމެދުގެ މިންވަރަކަށް އުފުލިފައިވާ ކަމަށެވެ.
ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގަށް އަންނަ ބަދަލުތަކަށް ރިޢާޔަތްކޮށް، ރާއްޖެއިން ދުރާލާ ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި، ތެލަށް ނުޖެހި ކުރިއަށްދެވޭނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.
މީގެ އިތުރުން، ތެލުގެ ސްޓޮކާ ގުޅޭގޮތުން ކަންބޮޑުވާންޖެހޭ ފަދަ ހާލަތެއް ނެތްކަން ރައީސުލްޖުމްހޫރިއްޔާވެސް އިއްޔެ ފާހަގަކުރެއްވިކަމަށް ވަޒީރު ވިދާޅުވިއެވެ.
މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވަމުން ދިޔަ ނަމަވެސް، ރާއްޖެއިން ވަނީ އެފަދަ ހާލަތްތަކަށް އިސްތިރާތީޖީ ގޮތުން ތައްޔާރުވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރުވެސް ތެލުގެ އާ ޝިޕްމަންޓެއް ދަތުރުކުރަމުންދާ ކަމަށާއި، އާންމުކޮށް ބޭނުންކުރާ ތެލުގެ އިތުރުން މަތިންދާބޯޓުތަކަށް ބޭނުންވާ އޭވިއޭޝަން ފިއުލްގެ ސްޓޮކްގައިވެސް އެއްވެސް މައްސަލައެއް ނެތްކަމަށް ވިދާޅުވިއެވެ.
މި ހާލަތު ސަރުކާރުން ވަރަށް ގާތުން ބަލަމުންދާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، އެސްޓީއޯ އާއި އިގްތިސާދީ ވުޒާރާގެ އިތުރުން މާލީ ވުޒާރާ ގުޅިގެން މެދުނުކެނޑި މަސައްކަތް ކުރަމުންދާ ކަމަށެވެ.
ތެލުގެ އިތުރުން، ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ތަކެތި އެތެރެކުރެވޭނެ އިތުރު މަގުތައް ހޯދުމުގެ މަސައްކަތްވެސް ސަރުކާރުން ކުރިއަށްގެންދާކަމަށް ވަޒީރު ސައީދު ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

އީދު ބަންދުގައި މަސް ނުގަންނާނެ: މިފްކޯ
5 ގަޑިއިރު ކުރިން

މިއަހަރުގެ އަޟްހާ އީދުގައި އެމްއޭސީއެލް އިން ކުލަގަދަ ހަރަކާތްތަކެއް ހުށަހަޅައިދެނީ
6 ގަޑިއިރު ކުރިން

ދަރަވަންދޫ އެއާޕޯޓުގެ ޕެސެންޖާ ޓާމިނަލް ތަރައްގީ ކުރާނެ ބަޔަކު ހޯދަނީ
6 ގަޑިއިރު ކުރިން

މީރާ އަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 543 މިލިއަން ރުފިޔާ ހޯދައިފި
6 ގަޑިއިރު ކުރިން


.gif&w=3840&q=75)