logo

އިޒްރާއީލާއި ދެކޮޅަށް މުޅި ދުނިޔޭގައި މުޒާހަރާކުރަން ހަމާސް އިން ގޮވާލައިފި

profile

މުޙައްމަދު ފަޟްލޫން - 14 އޯގަސްޓު 2025 - 12:50

އިޒްރާއީލާއި ދެކޮޅަށް މުޅި ދުނިޔޭގައި މުޒާހަރާކުރަން ހަމާސް އިން ގޮވާލައިފިއެވެ.

https://wamco.com.mv/

ހަމާސް އިން ނެރުނު ބަޔާނެއްގައި ބުނީ، ދުނިޔޭގެ މިނިވަން ރައްޔިތުންނަށް ޣައްޒާގައި ހިންގަމުންދާ އުދުވާނީ އަމަލުތަކާއި، ނަސްލު ނައްތާލުމާއި، ބަނޑުހައިހޫނުކަމާ ދެކޮޅަށް ހަރަކާތްތައް ހިންގުމަށެވެ.

އަންނަ ހުކުރު، ހޮނިހިރު އަދި އާދިއްތަ ދުވަސް މިކަމަށް ހާއްސަކޮށްގެން، މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމާސް އިން ބަޔާނުގައި ބުނެފައިވެއެވެ.

ހަމާސް އިން ބުނީ، ނަސްލު ނައްތާލުމާއި ބަނޑުހައިހޫނުކަމުގެ ޖަރީމާތައް ފަޅާއަރުވަން ޒަޔަނިސްޓުންނާއި އެމެރިކާގެ އެމްބަސީތަކުގެ ކުރިމަތީގައި ބާއްވާ ހިނގާލުންތަކުގައި ބައިވެރިވުމަށް ވެސް ގޮވާލާ ކަމަށެވެ.

ޒަޔަނިސްޓުންގެ އަނިޔާވެރިކަމާއި އެމެރިކާގެ ތާއީދު ކުށްވެރި ކުރުމަށާއި، ބައިނަލްއަޤްވާމީ ހިމޭންކަމަށް ދެކޮޅުހެދުމަށް ކަމަށް ހަމާސް އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ހުރިހާ ޔޫނިއަންގެ ޕްރެޝަރުތައް އިސްރާއީލަށް ކުރިމަތިކޮށް، ޣައްޒާއަށް ބޭހާއި ފެނާއި ކާބޯތަކެތި ވެއްދުމުގެ ހުއްދަ ދިނުމަށް އިސްރާއީލަށް ބާރުއެޅުމަށް ހަމާސް އިން ވަނީ ގޮވާލާފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ނިރުބަވެރިން ދިން ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުވި ޣައްޒާ މީހުންގެ އަދަދު ވަނީ 61،500 އަށްވުރެ މައްޗަށް އަރާފައެވެ.

ޣައްޒާގައި މިހާރު އިޒްރާއީލުން ހިންގަމުންގެންދާ ގަތުލު އާއްމުގައި ފަލަސްތީނުގެ ރައްޔިތުންނަށް އެކި ވަރުގެ ޒަހަމްތައް ލިބިގެން 153،200 އަށް ވުރެ ގިނަ މީހުންނަށް ވަނީ ފަރުވާދީފައެވެ.

ފަލަސްތީނުގައި އިޒްރާއިލުން ހިންގަމުންގެންދާ ލާއިންސާނީ އަނިޔާ އާއި ދެކޮޅަށް ދުނިޔޭގެ ގިނަ ގައުމު ތަކުން ދަނީ އަޑުއުފުލައި އިހްތިޖާޖުތައް ކުރަމުންނެވެ.

https://wamco.com.mv/
https://www.aslu.com.mv