logo

ޙައްޖާއި ޢުމްރާގެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އަލް-ސަފްވާ ފައުންޑޭޝަނާއެކު އެއްބަސްވުމެއް

profile

އައިޝަތު އިނާޝާ - 12 ޑިސެމްބަރު 2025 - 09:38

ދިވެހިރާއްޖޭގެ ޙައްޖު ކޯޕަރޭޝަނާއި ސަޢުދީ ޢަރަބިއްޔާ އަލް-ސަފްވާ ފައުންޑޭޝަނާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރައްވައިފިއެވެ.

https://wamco.com.mv/

ބުރާސްފަތި ދުވަހު ކުރިއަށްދިޔަ ދެވަނަ ޙައްޖު ޢުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަންގެ ތެރެއިން ސޮއިކުރެވުނު މި ފަހުމުނާމާގައި ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލްއެވެ. އަދި އެ ޖަމްޢިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެފައުންޑޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޢަބްދުﷲ މުޙައްމަދު އަލް-ޙަޖޫރީއެވެ.

މިއީ ޙައްޖާއި ޢުމްރާގެ ކަންކަމުގައި ޙައްޖު ކޯޕަރޭޝަނަށް އަލް-ސަފްވާ ފައުންޑޭޝަނުން އެހީތެރިކަން ފޯރުކޮށްދިނުމާއި، ޙައްޖު ކޯޕަރޭޝަންގެ މުވައްޒަފުން ހިލޭ ތަމްރީން ކުރުމާއި ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެވުނު އެއްބަސްވުމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އަލް-ސަފްވާ ފައުންޑޭޝަނީ ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު އައްރާޖިޙީ ބޭންކުގެ ދަށުން ދީނީ އަދި ދަރުމަވެރި މަސައްކަތްތައް ހިންގާ އެ ކުންފުނީގެ ދީނީ ގޮތްޕެވެ.

މި އެއްބަސްވުމާއެކު ޙައްޖު ކޯޕަރޭޝަނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay