logo

ނަޝީދާއި ސޯލިހު ބައްދަލުކުރައްވައިފި

profile

އައިޝަތު އިނާޝާ - 24 ޑިސެމްބަރު 2025 - 07:35

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބައްދަލުކުރައްވައިފިއެވެ.

https://wamco.com.mv/

އެ ދެ ބޭފުޅުން ބައްދަލުކުރެއްވީ އެމްޑީޕީގެ އޮފީހުގައެވެ.

ހިޔާލުތަފާތުވުންތަކާއެކު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެ ބޭފުޅުންގެ ގާތް ގުޅުން ކެނޑި އޭރު އެމްޑީޕީގެ ރައީސްކަމުގައި ހުންނެވި ނަޝީދު އަމިއްލަފުޅަށް އެ މަގާމުން އިސްތިއުފާދެއްވީ ނޮވެންބަރު 13، 2023 ގައެވެ. އޭރު ދެ ބޭފުޅުންގެ މެދުގައި އުފެދުނު ސިޔާސީ އަރައިރުންތަކަށް ފަހު ނަޝީދާއި ސޯލިހު މި ބައްދަލުކުރެއްވީ، ފުރަތަމަ ފަހަރަށެވެ.

އޭރު އެމްޑީޕީ ދޫކުރައްވައި ނަޝީދު އާ ޕާޓީއެއް އުފެއްދެވިއެވެ. އެކަމަކު ނަޝީދު ވަނީ މި އަހަރުގެ ޖޫން މަހު އަލުން އެ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ. އެމްޑީޕީގެ އެތެރޭގައި ވަނީ ރިޔާސީ ޓިކެޓަށް އޮތް ވާދަވެރިކަން ވެސް ވަރަށް ބޮޑުވެފައެވެ. އެގޮތުން ދާދި ފަހުން ފާޓީ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ. ފައްޔާޒް ވަނީ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ހާމަކުރައްވާފައެވެ.

މީގެ އިތުރުން ނަޝީދާއި ސޯލިހު ވެސް ވަނީ 2028 ގެ ރިޔާސީ އިންތިހާބަށް ނުކުންނެވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ.

ފާހަގަ ކުރެވޭ ގޮތުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ޕްރައިމަރީއާ ދިމާކޮށް، އެމްޑީޕީގެ އެތެރޭގެ ހަރަކާތްތައް ވަނީ ގިނާވާން ފަށާފައެވެ. އެގޮތުން ނަޝީދާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވަނީ ބައްދަލުކުރައްވާފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay