logo

ފާއިތުވި ތިން މަސް ދުވަހުގެ ތެރޭ މާލޭގެ އެކި ސަރަހައްދަކުން 42 ޓަނުގެ ކުނި ނަގައިފި

profile

އައިޝަތު އިނާޝާ - 24 ޑިސެމްބަރު 2025 - 07:16

މާލޭ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން ހިންގާ ހާއްސަ އޮޕަރޭޝަންގައި، ފާއިތުވި ތިން މަސް ދުވަހުގެ ތެރޭ މާލޭގެ އެކި ސަރަހައްދަކުން 42.15 ޓަނުގެ ކުނި ނަގާ ސާފުކޮށްފިއެވެ.

https://wamco.com.mv/

މި އޮޕަރޭޝަން ހިންގާފައިވަނީ މާލެ ސާފުތާހިރުކޮށް ބެހެއްޓުމާއި މަގުތައް ހިތްފަސޭހަ ކުރުމުގެ މަޤްސަދުގައެވެ.

މި އޮޕަރޭޝަންގައި ކުނި ނަގާ ސާފުކޮށްފައިވާ، މާލޭގެ ފަސް ގެ އެއް ހިމެނެއެވެ. އެގޮތުން އެ ފަސް ގެއިން ޖުމްލަ 17.85 ޓަނުގެ ކުނިވަނީ ނަގާފައެވެ.

މި އޮޕަރޭޝަންގައި މީގެ ކުރިން ވެސް މާލޭގެ ތިން ސަރަހައްދަކުން ވަނީ ކުނިނަގާ ސާފުކޮށްފައެވެ. އެއީ ބާޒާރުމަތީ ވަދުފޮށި ކަންމައްޗާއި، ޒައިތުއްމާ ކުރިމަތީ ޕޭވްމަންޓް މަތީ މުދާ ބަހައްޓައިގެން ވިޔަފާރިކުރި ފަރާތްތައް ހުއްޓުވައި، އެތަން ސާފުކޮށް ނެގި ކުންޏާއި އާއްމުކޮށް ކުނި ބަހައްޓާފައި ހުންނަ ސަރަހައްދެއް ކަމަށްވާ އާބުރުޒު މަގު ފުއްކަފަ ގޯޅި ކަންމަތިން ނެގި ކުންޏެވެ..

މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މަގުތަކުގައި ހުންނަ ކާނުތަކުގައި ކުނި ގިނަވުމުގެ ސަބަބުން އެކި ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމަށާއީ މަގުތަކުގައި ފެން ބޮޑު ވުމަކީ ވެސް ކާނުތަށް ފުރި ބާރުވުމުގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމަށެވެ. އަދި މި ކާނުތަކުގައި ކުނި ގިނަވެ ތާށިވުމުން މާލެއަށް ވިއްސާރައިގެ އަސަރުކުރާ ކޮންމެ ފަހަރަކު ކާނުތަކުން ކުނިތައް އެޅުމުން އެކި ކަހަލަ ނަޖިސް މަގުތައް މަތީ ފެތުރޭ ކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވި އެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، މާލެ ވިލިމާލެ ސާފުތާހިރުކޮށް ބޭއްވުމަށް، ކައުންސިލްގެ މުވައްޒަފުން ކޮންމެ ދުވަހެއްގެ ހެނދުނުން ފެށިގެން ދުވަސް ނިމެންދެން ކުނި ނެގުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށާއި އެގޮތުގެ މަތިން މާލެ އާއި ވިލިމާލޭގެ އެއްގަމާއި ފަޅުތެރެއިން ދުވާލެއްގެ މައްޗަށް 30 އާއި 40 ޓަނާ ދެމެދުގެ ކުނި ނަގާ ކަމަށެވެ.

އެގޮތުން ކުރިއަށް އޮތް ތަނުގައި ސިޓީ ކައުންސިލުން ކުރަންޖެހޭ މަސައްކަތްތަކަށް ފޯކަސްކޮށްގެން ވަރަށް ބޮޑަށް މަސައްކަތްތައް ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން މޭޔަރ ޢާޒިމް ދެއްވިއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay