
ކޮޅުފުށީގައި ގާއިމްކުރާ ހައުސިންގ ޔުނިޓްތަކުގެ ފެނާއި ނަރުދަމާ ގާއިމްކުރަން ފެނަކަ އާއި ހަވާލްކޮށްފި

މުޙައްމަދު ފަޟްލޫން - 24 ޑިސެމްބަރު 2025 - 10:25
ކޮޅުފުށީގައި ގާއިމްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.
ފަތުރުވެރިކަމާއި ތިމަވެއްޓާ ބެހޭ ވުޒާރާއިން މިމަސައްކަތް ފެނަކައާއި ހަވާލުކޮށްފައިވަނީ 5 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރުމަށެވެ.
ކޮޅުފުށީގައި ތަރައްޤީކޮށްފައިވާ ހައުސިން ޔުނިޓުތަކަކީ އަމިއްލަ މީހުންގެ ބިމުގައި ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމުގެ ތެރެއިން ތަރައްޤީކޮށްފައިވާ ރޯހައުސްތަކެކެވެ.
މިފަދަ މަޝްރޫޢުއެއް ފެށުމުގެ ބޭނުމަކީ ބިން އޮވެ، ގެ އަޅާނެ މާލީ ތަނަވަސްކަން ނެތް މީހުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުންކަމަށް ވަނީ ބުނެފައެވެ.
މިއީ މި ކޮންސެޕްޓަށް ރާއްޖޭގައި ކުރިއަށްގެންދިޔަ ފުރަތަމަ މަޝްރޫއު އެވެ.
މިހައުސިންގ ޔުނިޓުތަކަކީ 1200 އަކަފޫޓުގެ ގެތަކެކެވެ.
މިއިން ކޮންމެ ރޯހައުސްއެއްގައި 3 ކޮޓަރިއާއި 3 ފާޚާނާ އަދި ސިޓީންރޫމް، ބަދިގެއާއެކު ލޯންޑްރީއާއި ސްޓޯރ ރޫމްވަނީ ތަރައްގީ ކޮށްފައެވެ.
މި މަޝްރޫއަކީ 121 މިލިއަން ރުފިޔާ ދައުލަތުން ހަރަދުކޮށްގެން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއެކެވެ.
ގުޅުން ހުރި ޙަބަރުތައް

ކަނޑު އުޅަނދުތައް ޗެކް ކުރުމަށް ހާއްސަ އޮޕަރޭޝަނެއް ފަށައިފި
ގަޑިއިރެއް ކުރިން

ރާއްޖެއަށް އަހަރަކު 3 ޓެރަވޮޓު އަވަރގެ ކަރަންޓު ބޭނުންވޭ: ވަޒީރު ތާރިގް
ގަޑިއިރެއް ކުރިން

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 4 މީހުން ހައްޔަރުކޮށްފި
2 ގަޑިއިރު ކުރިން

މޯލްޑިވިއަން ކެބިން ކުރޫއިންނާއި ޕައިލެޓުންނަށް ފަޔަރ އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
2 ގަޑިއިރު ކުރިން


