
މޯލްޑިވިއަން ކެބިން ކުރޫއިންނާއި ޕައިލެޓުންނަށް ފަޔަރ އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި

މުޙައްމަދު ފަޟްލޫން - 24 ޑިސެމްބަރު 2025 - 10:27
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން މޯލްޑިވިއަން ކެބިން ކުރޫއިންނާއި ޕައިލެޓުންނަށް ފަޔަރ އެވެއާނަސް ޕްރޮގްރާމެއް ހިންގައިފިއެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރޭނިންގ ސްކޫލުގައި ކުރިއަށްދިޔަ މި ޕްރޮގްރާމްގައި އެ އޮފީހުގެ 10 މުވައްޒަފުން ބައިވެރިވިއެވެ.
މި ޕްރޮގްރާމްގައި ފަޔަރ އެވެއާނަސް ތިއަރީ ކުލާސްތަކާއި ޕްރެކްޓިކަލް ކުލާސްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މިގޮތުން އަލިފާނުގެ ހާދިސާތައް ދިމާވާން މެދުވެރިވާ ސަބަބުތަކާއި، ދިމާވެދާނެ އަލިފާނުގެ ހާދިސާތަކުގައި ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮބައިކަން ކިޔަވައިދިނުމުގެ އިތުރުން އަލިފާން ނިއްވުމަށް އާންމުކޮށް ބޭނުންކުރާ އާލާތްތަކާ ބެހޭގޮތުން މަޢުލޫމާތު ދީ އެ ތަކެތި އަމަލީ ގޮތުން ބޭނުންކުރާނެ ގޮތްތައް ދަސްކޮށްދީފައި ވެއެވެ.
މޯލްޑިވިއަންގައި މަސައްކަތްކުރާ ކެބިން ކުރޫއިންނާއި ޕައިލެޓުންނަށް ހިންގި މި ޕްރޮގްރާމްގެ ކުލާސްތައް ނަގައިދިނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ކަނޑު އުޅަނދުތައް ޗެކް ކުރުމަށް ހާއްސަ އޮޕަރޭޝަނެއް ފަށައިފި
ގަޑިއިރެއް ކުރިން

ރާއްޖެއަށް އަހަރަކު 3 ޓެރަވޮޓު އަވަރގެ ކަރަންޓު ބޭނުންވޭ: ވަޒީރު ތާރިގް
ގަޑިއިރެއް ކުރިން

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 4 މީހުން ހައްޔަރުކޮށްފި
2 ގަޑިއިރު ކުރިން

ކޮޅުފުށީގައި ގާއިމްކުރާ ހައުސިންގ ޔުނިޓްތަކުގެ ފެނާއި ނަރުދަމާ ގާއިމްކުރަން ފެނަކަ އާއި ހަވާލްކޮށްފި
2 ގަޑިއިރު ކުރިން


