logo

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 4 މީހުން ހައްޔަރުކޮށްފި

profile

މުޙައްމަދު ފަޟްލޫން - 24 ޑިސެމްބަރު 2025 - 10:33

މަސްތުވާތަކެއްޗާ ދެކޮޅަށް މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހަތަރު މީހުން ހައްޔަރުކޮށްފިއެވެ.

https://wamco.com.mv/

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ އއ. މާޅޮސް / ޗާންދަނީގެ، އަލީ ސައިފު އާއި ލ. ގަން / މުކުރިމަގު، އޯޝަންރީޑް، އަޙްމަދު ނިޒާމް އާއި އއ. މާޅޮސް / ނޫމާގެ، އަޙްމަދު ޝާމިލް އާއި ސ. ހިތަދޫ / ބޯށިވަލުގެ، ޙުސައިންދީދީ އެވެ.

މި މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.

މި ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަޜޭޝަންގައި އެ ހަތަރު މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި (5.23 ގުރާމް) އަދި ކުށްކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 10،000 (ދިހަ ހާސް) އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަޙްމަދު ނިޒާމް ހަތް ދުވަހަށް އަދި ދެންތިބި ތިން މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގް ކުރަމުންނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay