
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތާރިގް އިބްރާހިމް / ފޮޓޯ: ރައީސް އޮފީސް
ރާއްޖެއަށް އަހަރަކު 3 ޓެރަވޮޓު އަވަރގެ ކަރަންޓު ބޭނުންވޭ: ވަޒީރު ތާރިގް

މުޙައްމަދު ފަޟްލޫން - 24 ޑިސެމްބަރު 2025 - 11:33
ރާއްޖެއަށް އަހަރަކު 3 ޓެރަވޮޓު އަވަރގެ ކަރަންޓު ބޭނުންވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތާރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި އިއްޔެ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ ރާއްޖޭގައި އަހަރަކު 3 ޓެރަވޮޓް އަވަރގެ ކަރަންޓް ބޭނުންވާ ކަމަށާއި މީގެ ތެރެއިން 20 އިންސައްކަތް ކަރަންޓް ބޭނުން ކުރަނީ މާލެ ސަރަހައްދުގައި ކަމަށެވެ.
ރާއްޖޭގައި އުފައްދާ ކަރަންޓުގެ 92 އިންސައްތަ އުފައްދަނީ ރާއްޖެއިން ބޭރުން އެތެރެކުރާ ތެލުންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ރާއްޖެއަށް ތެޔޮ އެތެރެކުރުމަށްޓަކައި އަހަރަކު 8.9 ބިލިޔަން ރުފިޔާ ހަރަދުކުރާކަމަށް ވަޒީރު ވިދާޅުވިއެވެ.
އިއާދަ ކުރުވަނިވި ހަކަތަ ގާއިމް ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މިހާތަނަށް 164 މެގަ ވޮޓްގެ ސޯލާ ޕީވީ ނިޒާމް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
158 މެގަވޮޓްގެ ބެޓްރި ޖެހުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއާއެކު ގްރިޑް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވެސް ރާއްޖޭގެ އެކި ރަށްތަކުގައި ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އިއާދަ ކުރުވަނިވި ހަކަތަ ގާއިމްކުރުމަށް ކުރެވޭ މަސައްކަތްތައް ނިމުމުން އަހަރަކު 76 މިލިއަން ޑީސަލް މަދުކުރެވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އެކަމުގެ ސަބަބުން ގާތްގަނޑަކަށް 1.1 ބިލިއަން ރުފިޔާ ސަލާމަތް ކުރެވުން ކަމަށެވެ.
މީގެ އިތުރުން އިއާދަ ކުރުވަނިވި ހަކަތަ އަޖުމަ ބެލުމުގެ ގޮތުން ބައެއް ކަހަލަ މަސައްކަތްތައް ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެ ތެރޭގައި ދަނޑުވެރިކަމަށް ބޭނުންކުރާ އެކި ކަހަލަ ސިސްޓަމްތަކުގައި ސޯލާ ބޭނުން ކުރުމާއި ސޯލާ ފެރީ ހޯދުމުގެ މަސައްކަތް ހިމެނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ސަފާރީއެއްގައި ރޯވެ އަނދަނީ
12 މިނިޓު ކުރިން

ނޯތު ހާބަރުގެ ޒޯން އޭ ޖެޓީގައި އަޅާފައި ހުރި އުޅަނދުތައް 1 ނަމްބަރު ޖެޓީއަށް ވަގުތީގޮތުން ބަދަލުކުރަނީ
17 މިނިޓު ކުރިން

މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި 8 މީހުން ހައްޔަރުކޮށްފި
ގަޑިއިރެއް ކުރިން

ކަނޑު އުޅަނދުތައް ޗެކް ކުރުމަށް ހާއްސަ އޮޕަރޭޝަނެއް ފަށައިފި
3 ގަޑިއިރު ކުރިން


