
މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި 8 މީހުން ހައްޔަރުކޮށްފި

މުޙައްމަދު ފަޟްލޫން - 24 ޑިސެމްބަރު 2025 - 13:20
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި، ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު 8 މީހުން ހައްޔަރުކޮށްފިއެވެ.
މިމަހުގެ 23 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންތަކުގައި މާލޭގެ 7 އެޕާޓްމަންޓް ބަލައިފާސްކޮށްފައިވެއެވެ.
މި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައިވަނީ މއ. ގުލްބަކާގެ / މާލެ، އަޙްމަދު ޒިޔާން އާއި ހ. ބްލޫސްކޫޕް / މާލެ، ޒުހުރާ ޢަބްދުއްލަޠީފް އާއި މ. ދޮއްތަޑަފިގެ / މާލެ، އިސްމާޢީލް އައިކް މުޙައްމަދު އާއި ހ. ހުދުކެލާ / މާލެ، އިސްމާޢީލް ރަޝީދު އާއި މ. ރަނިކަ / މާލެ، ޙަސަން ޙަލީމް އާއި މ. ރަނިކަ / މާލެ، އާޝިޔާ ޙަލީމް އާއި މއ. އައިރީ / މާލެ، ޢަލީ އީވާން އާއި އެތުމާގެ / ގދ. ގައްދޫ، ޢާއިޝަތު ނަޒުމާ އެވެ.
މި އެންމެން ވެސް ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތި ގެންގުޅެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޒިރުކުރުމުން، އިސްމާޢީލް އައިކް މުޙައްމަދު 5 ދުވަހަށް އަދި ދެންތިބި 7 މީހުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ޢަމުރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަތައް ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ސަފާރީއެއްގައި ރޯވެ އަނދަނީ
ގަޑިއިރެއް ކުރިން

ނޯތު ހާބަރުގެ ޒޯން އޭ ޖެޓީގައި އަޅާފައި ހުރި އުޅަނދުތައް 1 ނަމްބަރު ޖެޓީއަށް ވަގުތީގޮތުން ބަދަލުކުރަނީ
2 ގަޑިއިރު ކުރިން

ކަނޑު އުޅަނދުތައް ޗެކް ކުރުމަށް ހާއްސަ އޮޕަރޭޝަނެއް ފަށައިފި
4 ގަޑިއިރު ކުރިން

ރާއްޖެއަށް އަހަރަކު 3 ޓެރަވޮޓު އަވަރގެ ކަރަންޓު ބޭނުންވޭ: ވަޒީރު ތާރިގް
4 ގަޑިއިރު ކުރިން


