logo

ނޯތު ހާބަރުގެ ޒޯން އޭ ޖެޓީގައި އަޅާފައި ހުރި އުޅަނދުތައް 1 ނަމްބަރު ޖެޓީއަށް ވަގުތީގޮތުން ބަދަލުކުރަނީ

profile

މުޙައްމަދު ފަޟްލޫން - 24 ޑިސެމްބަރު 2025 - 14:17

މާލޭ ނޯތު ހާބަރގެ ޚިދުމަތް ހޯދާ ކަނޑު އުޅަނދުފަހަރުތަކަށް ޖެޓީ ނަމްބަރ 1 (އެމް.އެމް.އޭ ކުރިމަތި ސަރަހައްދު) ވަގުތީ ގޮތުން ބޭނުންކުރެވޭނެ އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށް އެމްޕީއެލް އިން ބުނެފިއެވެ.

https://wamco.com.mv/

މާލެ އުތުރުފަރާތުން ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މި ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް 3 މަސްދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެމްޕީއެލް އިން އާއްމުކުރި ބަޔާނުގައި ވަނީ ބުނެފައެވެ.

ވަގުތީ ގޮތުން ގެނެވުނު ބަދަލަށް އަމަލުކުރާ މުއްދަތުގައި ޖެޓީ ނަމްބަރު އެކެއްގެ ބޭނުން ހިފާ އެއްވެސް އުޅަނދަކަށް ފީއެއް ނުނަގާނެ ކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.

އެއް ނަމްބަރު ޖެޓީ ވަގުތީ ގޮތުން ބޭނުންކުރެވިފައިވާ ގޮތަށް ބަލާއިރު، އެ ސަރަޙައްދަށް އުޅަނދުފަހަރުތައް ވަދެ ކައިރިކޮށް އަދި ބޭއްވޭނީ މާލޭ ނޯތު ހާބަރގެ ހުއްދަ ލިބިގެން ކަމަށް އެމްޕީއެލް އިން ބުނެފައިވެއެވެ. އަދި ކީވޯލަށް އުޅަނދުތައް ކައިރި ކުރެވޭނީ މާލޭ ނޯތު ހާބަރުގެ ޒޯން އޭ (އެއްގަމު ތޮށި) ކިއު ތަރުތީބުން ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން 1 ނަމްބަރު ޖެޓީ ސަރަހައްދުގައި ކީވޯލްގައި އުޅަނދެއް ގިނަވެގެން ބޭއްވޭނީ 10 ދުވަހުގެ މުއްދަތަކަށް ކަމަށާއި، ދިހަ ދުވަހަށް ވުރެ އިތުރަށް ކީ ވޯލްގައި އުޅަނދެއް ބާއްވަން ބޭނުންވާނަމަ އެ އުޅަނދަކަށް ކައިރި ކުރެވޭނީ އަލުން ކިޔުގައި ނޯޓް ކުރުމަށްފަހު ކިޔު ތަރުތީބުން ކަމަށްވެސް ބުނެފައިވެއެވެ.

އެމްޕީއެލް އިން ބުނީ އެގޮތަށް އަމަލުކުރަން ނިންމާފައިވަނީ ހުރިހާ އުޅަނދުފަހަރަށް ހަމަހަމަ އަދި އިންސާފުވެރި އުސޫލުން ހިދުމަތް ދިނުމުގެ ގޮތުން ކަމަށެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay