
ފެނަކައިން ފުވައްމުލަކަށް ދޫކުރަމުންދާ ފެން ރައްކާތެރި: އެމްއެފްޑީއޭ

ޝަހްޒާ މުޙައްމަދު - 14 ނޮވެމްބަރު 2025 - 13:30
ފުވައްމުލަކުގެ ފެނުގެ ހިދުމަތަށް ދިމާވި މައްސަލަ ހައްލުކޮށް މިހާރު ދޫކުރާ ފެނަކީ ބޯން ރައްކާތެރި ފެން ކަަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިތީ އިން ބުނެފިއެވެ.
އެމްއެފްޑީއޭއިން މިހެން ބުނެފައި މިވަނީ ފުވައްމުލައް ސިޓީ ކައުންސިލުން ފެނަކައިން ދޫކުރާ ބޯ ފެނުގެ ރައްކާތެރިކަމާ މެދު ސުވާލު އުފައްދާފައި ވަނިކޮށެވެ.
އެއޮތޯރިޓީއިން ނެރުނު ބަޔާނެއްގައި ވަނީ ފުވައްމުލަކުގެ ފެނުގެ މައްސަލައާ ގުޅިގެން އެ ސިޓީގެ އެކި ސަރަހައްދުތަކުން ފެނުގެ ސާމްޕަލް ނައި ތަހުލީލުކޮށްފައިވާ ކަމަށެވެ. އަދި އެ ތަހުލީލުތަކުގެ ނަތިޖާ ދައްކާ ގޮތުން ފުވައްމުލަކަށް މިހާރު ދޫކުރަމުން އަންނަ ސަޕްލައި ފެނަކީ ޑަބްލިއެޗްއޯގެ ބޯ ފެނުގެ މިންގަނޑަށް ފެތޭ ފެނެއް ކަމަށެވެ.
ފުވައްމުލަކުގެ ފެނަަށް ދިމާވި މައްސަލަ ހައްލުކޮށް އަލުން އިއްޔެ ފެން ދޫކުރަން ފެށުމާ ގުޅިގެން ސިޓީ ކައުންސިލުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ފެނަކައިން މިހާރު ދޫކުރާ ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައު އެ ސިޓީގެ މޭޔަރާއި ކައުންސިލަރުން ފެނަކަ އިން ފެން އުފައްދާ ފެން ޕްލާންޓަށް ޒިޔާރަތްކޮށް ފެނުގެ ރައްކާތެރިކަމާ މެދު ފެނަކައިގެ އިސް ފަރާތްތަކާއި ބައްދަލުކޮށް މައުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ.
ނަމަވެސް މިހާރު ދޫކުރާ ފެނަކީ ރައްކާތެރި ފެންކަން ޔަގީންވާ ފަދަ ޓެސްޓުތަކުގެ ނަތީޖާ މިހާތަނަށް ލިބިފައި ނުވާ ކަމަށް ކައުންސިލުން ބުންޏެވެ.
އެހެންވެ އެ ޓެސްޓުތަކުގެ ނަތީޖާ ލިބި ފެނުގެ ރައްކާތެރިކަން ފުރިހަމައަށް ކަށަވަރުވަންދެން އާންމު ބޭނުމަށް ފެން ދޫނުކުރުމަށް ކައުންސިލުން އެދިފައިވާ ކަމަށެވެ.
އެމްއެފްޑީއޭއިން މިއަދު ނެރުނު ބަޔާނާ ގުޅިގެން ފުވައްމުލަކު ކައުންސިލުން ބުނީ ފެނަކަ އިން މިހާރު ދޫކޮށްފައިވާ ފެނަކީ ޑަބްލިއުއެޗްއޯގެ މިންގަނޑަށް ފެތޭ ފެނެއް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އެމްއެފްޑީއޭ އިން ބުނެފައިވާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ކާބޯތަކެތި އުފައްދުމުގެ މަސައްކަތްކުރާ ގޭގެއަށް ޒިޔާރަތްކޮށް އިންސްޕެކްޝަންތަކެއް ހަދަނީ
19 ގަޑިއިރު ކުރިން

ރާއްޖޭގައި ވިއްކަން ހުންނަ ގިނަ ކާބޯތަކެތީގެ ސިއްހީ ފައިދާ ކަށަވަރެއް ނުކުރެވޭ: އެމްއެފްޑީއޭ
15 ދުވަސް ކުރިން

ތުއްތުކުދިންގެ ފޯމިއުލާ 'ބޭބީބަޔޯ' އިން ވިހަ މާއްދާއެއް ފެނިގެން މަނާކޮށްފި
9 މަސް ކުރިން

މުދާ އުފުލާ ދޯންޏެއްގައި މަސައްކަތްކުރާ މީހަކު ގެއްލިގެން ހޯދަނީ
9 މަސް ކުރިން


