
ރޯޝަނީ ބިލްޑިންގ---
ކާބޯތަކެތި އުފައްދުމުގެ މަސައްކަތްކުރާ ގޭގެއަށް ޒިޔާރަތްކޮށް އިންސްޕެކްޝަންތަކެއް ހަދަނީ

ޖިނާން ޙުސައިން ޖަބީން - 27 އޮކްޓޯބަރު 2026 - 14:18
ކާބޯތަކެތި އުފައްދުމުގެ މަސައްކަތްކުރާ ގޭގެއަށް ޒިޔާރަތްކޮށް އިންސްޕެކްޝަންތަކެއް ކުރިއަށްގެންދަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނިންމައިފިއެވެ.
އެމްއެފްޑީއޭއިން މިއަދު ގެޒެޓުގައި ޝާއިއުކުރި އިއުލާނެއްގައި ބުނެފައިވަނީ، އެ އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިވާ، އަމިއްލަ ބޭނުމަށް ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތަކުން، "އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތުގައި އަމަލު ކުރަންވީ ގޮތުގެ މިންގަނޑު" އަށް އަމަލުކުރަމުންދާ ގޮތް ބެލުމަށް އިންސްޕެކްޝަނެއް ކުރިއަށް ގެންދިއުމަށް ނިންމައިފައެވެ.
މި އިންސްޕެކްޝަންތައް ކުރިއަށްދާނީ 05 ނޮވެންބަރު 2026 އިން ފެށިގެން 20 ނޮވެންބަރު 2026ގެ ނިޔަލަށެވެ.
މި މުއްދަތުގެ ތެރޭގައި، އެމްއެފްޑީއޭގެ އިންސްޕެކްޓަރުން ކާބޯތަކެތި ތައްޔާރުކުރާ ގޭގެއަށް ޒިޔާރަތްކޮށް، ކާބޯތަކެތި ތައްޔާރުކުރުމުގައި ރައްކާތެރިކަމުގެ ހަމަތަކާއި، ސާފުތާހިރުކަން ކަށަވަރުކުރާނެއެވެ. މި އިންސްޕެކްޝަންތަކުގެ މައިގަނޑު މަގުސަދަކީ އާންމު ރައްޔިތުންނަށް ލިބޭ ކާބޯތަކެތީގެ ސަލާމަތީ ފެންވަރު ރަނގަޅުކޮށް، އެކަމާ ބެހޭ ގާނޫނުތަކާއި ގަވާއިދުތަކަށް އެންމެން އަމަލުކުރަމުންދާކަން ކަށަވަރުކުރުމެވެ.
މި ކަމާގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ނުވަތަ ސާފުކުރަން ބޭނުންވާ ކަމެއްވާނަމަ، އެމްއެފްޑީއޭގެ ހޮޓްލައިން ނަންބަރުތައް 7603204 އަދި 3034221 ގުޅުމަށް އެ އޮތޯރިޓީއިން ވަނީ އެދިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ރާއްޖޭގައި ވިއްކަން ހުންނަ ގިނަ ކާބޯތަކެތީގެ ސިއްހީ ފައިދާ ކަށަވަރެއް ނުކުރެވޭ: އެމްއެފްޑީއޭ
15 ދުވަސް ކުރިން

ތުއްތުކުދިންގެ ފޯމިއުލާ 'ބޭބީބަޔޯ' އިން ވިހަ މާއްދާއެއް ފެނިގެން މަނާކޮށްފި
9 މަސް ކުރިން

ހުއްދަނެތި ބޭސްވިއްކާ ފަރާތްތަކަށް ފިޔަވަޅުއަޅަނީ
9 މަސް ކުރިން

ފެނަކައިން ފުވައްމުލަކަށް ދޫކުރަމުންދާ ފެން ރައްކާތެރި: އެމްއެފްޑީއޭ
އަހަރެއް ކުރިން


