logo

ރާއްޖޭގައި ވިއްކަން ހުންނަ ގިނަ ކާބޯތަކެތީގެ ސިއްހީ ފައިދާ ކަށަވަރެއް ނުކުރެވޭ: އެމްއެފްޑީއޭ

profile

ޖިނާން ޙުސައިން ޖަބީން - 13 އޮކްޓޯބަރު 2026 - 06:14

ރާއްޖޭގައި ވިއްކަން ހުންނަ ގިނަ ބާވަތްތަކުގެ ކާބޯތަކެއްޗަކީ، ސިއްހީ ފައިދާތައް އިލްމީ ގޮތުން ކަށަވަރު ކުރެވިފައިނުވާ ބާވަތްތައް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.

https://wamco.com.mv/

މިކަމާ ގުޅިގެން އެމްއެފްޑީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ސިއްހީ އެތައް މަންފާއެއް ލިބޭކަމަށް ދޭހަވާ ގޮތަށް ރާއްޖޭގައި އުފައްދާ އަދި ވިއްކާ ބައެއް ބާވަތްތައް އިޝްތިހާރުކުރާއިރު، ކާބޯތަކެތި ތަހުލީލުކުރާ ލެބޯޓްރީތަކުން ދޫކޮށްފައިވާ ރިޕޯޓުތައް ބޭނުންކުރަމުންދާ ކަމަށެވެ. ނަމަވެސް، ކާބޯތަކެތި އިޝްތިހާރުކުރުމަށް ލެބޯޓްރީއަކުން ދޫކޮށްފައިވާ ރިޕޯޓެއް ނުވަތަ އެފަދަ ލިޔުމެއް ބޭނުންކުރުމަކީ ގަވާއިދުން މަނާކަމެއް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

View post on Twitter

އެހެންކަމުން، ބަލިތަކަށް ފަރުވާ ލިބޭނެ ކަމަށް ނުވަތަ އިންސާނާގެ ހަށިގަނޑަށް ވަކި ހާއްސަ ބަދަލެއް ގެނެސްދޭނެ ކަމަށް ދޭހަވާ ގޮތަށް އުފެއްދުންތައް މާކެޓުނުކުރުމަށް އެމްއެފްޑީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެ އޮތޯރިޓީން އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ބަލިތަކަށް ފަރުވާ ލިބޭކަމަށް ނުވަތަ ހަށިގަނޑަށް އެދެވޭ ބަދަލުތަކެއް ގެނެސްދޭނެ ކަމަށް ދައްކައިގެން ތައްޔާރުކޮށް، އުފައްދާ އަދި އިޝްތިހާރުކުރާ ކާބޯތަކެތީގައި ހިމަނާ ސިއްހީ މައުލޫމާތަކީ އިލްމީ ދިރާސާތަކުން ސާބިތުވެފައިވާ ތެދު މައުލޫމާތަށް ވާންޖެހޭނެއެވެ. ނަމަވެސް، ރާއްޖޭގެ ބާޒާރުގައި ވިއްކަން ހުންނަ މިފަދަ ގިނަ އުފެއްދުންތަކަކީ އޭގެ ސިއްހީ ފައިދާ އިލްމީ ގޮތުން ކަށަވަރުކުރެވިފައިވާ ތަކެތި ނޫންކަން ފާހަގަކުރެވެއެވެ.

މިކަމަށް ރިއާޔަތްކޮށް، އެފަދަ އުފެއްދުންތައް ބޭނުންކުރާއިރު އިތުރަށް ސަމާލުވުމަށް އެމްއެފްޑީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

https://wamco.com.mv/
tel:+9607331319