logo
ގެއްލިގެން ހޯދަމުން ދަނީ ޢަބްދުލްޢަޒީޒު މުޙައްމަދު (64އ)

ގެއްލިގެން ހޯދަމުން ދަނީ ޢަބްދުލްޢަޒީޒު މުޙައްމަދު (64އ)

މުދާ އުފުލާ ދޯންޏެއްގައި މަސައްކަތްކުރާ މީހަކު ގެއްލިގެން ހޯދަނީ

profile

ރިޟްވާން މޫސާ - 27 ޖެނުއަރީ 2026 - 12:06

މުދާ އުފުލާ ދޯނިފަހަރުގައި މަސައްކަތްކުރާ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

https://wamco.com.mv/

ގެއްލިގެން ހޯދަމުން ދަނީ ޏ.ފުވައްމުލަކު ދޫޑިގަން، ދޮންފިނިގޭ އުމުރުން 64 އަހަރުގެ ޢަބްދުލްޢަޒީޒު މުޙައްމަދެވެ.

ޢަބްދުލްޢަޒީޒުގެ އާއިލާއިން މައުލޫމާތު ދީފައި ވަނީ އޭނާ އަކީ މުދާ އުފުލާ ދޯނި ފަހަރުގައި މަސައްކަތް ކުރާ މީހެއް ކަމަށެވެ.

ޢަބްދުލްޢަޒީޒުގެ ޙަބަރެއް އެންމެ ފަހުން އޭނާގެ އާއިލާއަށް ލިބިފައިވާ ކަމަށް އެނގިފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެންބަރު 3 ވަނަ ދުވަހު ފޯނުން ކަމަށްވެސް އާއިލާއިން ވަނީ ބުނެފަ އެވެ.

ޢަބްދުލްޢަޒީޒު މުޙައްމަދު އާއިލާގެ މީހަކަށް އެންމެ ފަހުން ފެނިފައިވަނީ 2025 ނޮވެންބަރު މަސްތެރޭގައި އައިޖީއެމްއެޗް ކައިރިން ކަމަށް ވެސް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.

ޢަބްދުލްޢަޒީޒު މުޙައްމަދު ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން، ކަމާބެހޭ އެންމެހައި ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް، އޭނާ ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ނުވަތަ އުޅޭތަނެއް ދެނެގަނެވިފައެއް ނުވެއެވެ.

ޢަބްދުލްޢަޒީޒު މުޙައްމަދުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ 3322111 އަށް ނުވަތަ ފުވައްމުލައް ޕޮލިސް ސްޓޭޝަން ނަންބަރު 9792803 އަށް ގުޅާ ހިއްސާކުރުމަށް ވަނީ އެދިފައެވެ.

https://wamco.com.mv/
tel:+9607331319