
އޮންލައިންކޮށް ފިޠުރު ޒަކާތް ދެއްކޭނީ ބަނޑޭރިޕޭ މެދުވެރިކޮށް --- ފޮޓޯ| އިސްލާމިކް މިނިސްޓްރީ
މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު 26 މިލިއަން ރުފިޔާ ލިބުނު!

އަހުމަދު ޒަލީފު - 20 ޖުލައި 2023 - 12:03
ފާއިދުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި މުދަލު ޒަކާތަށް އެންމެ ބޮޑު ފައިސާގެ އަދަދެއް ލިބިފައިވަނީ މިދިޔަ އަހަރުގައި ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.
2021 ވަނަ އަހަރުގައި މުދަލު ޒަކާތް ބަހާފައިވަނީ 7،778 ފަގީރުންނަށް ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެ އަހަރު ލިބުނީ 21،000،600 ރުފިޔާއެވެ. އެ ފައިސާއިން ބޮލަކަށް ޖެހިފައިވަނީ 2،700 ރުފިޔާއެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 26،952،000 ރުފިޔާއެވެ. މި ފައިސާ ބަހާފައިވަނީ 8،984 ފަގީރުންނަށެވެ. ކޮންމެ ފަގީރަކަށް އެ އަހަރު 3،000 ރުފިޔާ ލިބިފައިވެއެވެ.
މި އަހަރު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 26،799،500 ރުފިޔާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މި ފައިސާ 7،657 ފަގީރުންގެ މެދުގައި ބަހާފައިވާއިރު ބޮލަކަށް ލިބިފައިވަނީ 3،500 ރުފިޔާއެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފާއިދުވެދިޔަ ހަތަރު އަހަރަށް ބަލާއިރު، މި އަހަރު ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންގެ އަދަދު ވަނީ ދަށްވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން