
"ކެޓްރީނާ ހޭލާއިރުވެސް ވަރަށް އެނާޖެޓިކް"

ޢާއިޝަތު ޢަލީ - 08 ޖޫން 2023 - 15:17
ވިކީ ކޯޝަލް އާއި ކެޓްރީނާ ކައިފް ކައިވެނި ކުރިތާ އެއް އަހަރާއި ބައި ވެފައިވާއިރު ، އޭނާގެ އެންމެ ފަހުގެ ފިލްމު "ޒާރާ ހަޓްކޭ ޒާރާ ބަޗްކޭ"ގެ ޕްރޮމޯޝަންތަކުގެ ތެރޭގައި ވިކީ އަންނަނީ އެމީހުންގެ ދުވަހުގެ ދިރިއުޅުމާ ބެހޭ ގޮތުން ނޭނގޭ އެތައް ޚަބަރުތަކެއް ހިއްސާ ކުރަމުންނެވެ.
އެގޮތުން، އެއް އިންޓަވިއުއެއްގައި ވިކީ ވަނީ ހެނދުނު ހޭލާއިރު އޭނާ އާއި ކެޓްރީނާ މުޅިން އިދިކޮޅު ކަމަށް ބުނެފައިއެވެ. ވިކީ ސިފަކުރި ގޮތުގައި ކެޓްރީނާ ހެނދުނު ހޭލާއިރުވެސް ހުންނަނީ ވަރަށް "އެނާޖެޓިކް" ކޮށް ކަމަށާއި އެހެންނަމަވެސް އޭނާއަށް ހެނދުނު ކުރިއަށް ދިޔުމަށް ވަގުތުކޮޅެއް ނަގާކަމަށް ބުނެފައިވެއެވެ.
" ހެނދުނު ހޭލާއިރު އަހަރެމެން ދެމީހުންނަކީ ވަރަށް ތަފާތު ދެމީހުން. އަހަރެން ރަނގަޅަށް ހޭލަން ދެގަޑިއިރު ނަގާ. އަހަރެން ހޭލައިގެން، އަރާމުކޮށް، ކޮފީއެއް ބޮއެގެން، ކޮންމެވެސް ވަރަކަށް ނާސްތާކޮށް، ހެނދުނު މާ ގިނައިން ވާހަކަ ނުދައްކަން. އެކަމަކު ކެޓްރީނާ ހޭލާއިރުވެސް ހުންނަނީ ވަރަށް "އެނާޖެޓިކްކޮށް" ވިކީ ބުނެފައިވެއެވެ.
އިތުރަށް ވިކީ ބުނިގޮތުގައި ކެޓްރީނާ ބޭނުންވަނީ ހެނދުނު ހޭލެވުނުހާ އަވަހަކަށް ހުރިހާ ކަމަކާ ބެހޭގޮތުން މަޝްވަރާ ކުރާށެވެ. އަދި އޭނާއަށް އެކަން ޕްރޮސެސްއެއް ނުކުރެވެއެވެ. އެހެންކަމުން ބައެއް ފަހަރު ހެނދުނު ހެނދުނާ އެ މަޝްވަރާތަކާއި ދުރަށް ދެވޭތޯ މަސައްކަތް ކުރާކަމަށާއި މަދުވެގެން 2-3 ތަށި ކޮފީ ބޮއެގެން ނޫނި މަޝްވަރާގައި ބައިވެރިނުވެވޭނެކަމަށްވެސް ވިކީ ބުނެފައިވެއެވެ.
މީގެ ކުރިން ކުރި ޗެޓެއްގައި ވިކީ ވަނީ ކޮންމެ ގުޅުމެއް ވެސް މަސައްކަތް ކުރުމަށްޓަކައި ލޯތްބާއި އޯގާތެރިކަމަކީ އެންމެ މުހިއްމު ކަންތައްކަމަށް ބުނެފައިއެވެ.
ވިކީ އާއި ކެޓްރީނާ ކައިވެނި ކޮށްފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރ 9 ގައިއެވެ.
ގުޅުން ހުރި ޙަބަރުތައް

މިއުޅެނީ ދިވެހިރާއްޖެއަށް ނުކަތާވަރަށް ސިޔާސީ އިސްރާފު ގިނަވެގެން: އަލީ ވަހީދު
ގަޑިއިރެއް ކުރިން

ސިނަމާލެ ބްރިޖަށް ގެއްލުން ލިބުނު މައްސަަލަ ތަހުގީގްކޮށް ގެއްލުމުގެ ބަދަލު ހޯދަން މާލެ ސިޓީ ކައުންސިލުން ގޮވާލައިފި
ގަޑިއިރެއް ކުރިން

ޗިލީގެ ދޮށީއުމުރުގެ މީހުން ބަލަހައްޓާ މަރުކަޒެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 16 މީހުން މަރުވެއްޖެ
5 ގަޑިއިރު ކުރިން

ބަލްގޭރިއާގެ ގަލިވް އެއާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަން ތައްޔާރުވެއްޖެ
6 ގަޑިއިރު ކުރިން


