
ސައުދީ ސަރުކާރުން ރާއްޖެއަށް 25،000 މުސްޙަފް ހަދިޔާކޮށްފި

އާމިނަތު މޫސާ - 17 އޭޕްރީލު 2025 - 09:58
ސައުދީ އަރަބިއްޔާގެ ސަރުކާރުން ދިވެިރާއްޖެއަަށް 25،000 މުސްޙަފު ހަދިޔާކޮށްފިއެވެ.
މި މުޞްޙަފުތައް ހަވާލުކޮށްފައި ވަނީ އިސްލާމީ މަރުކަޒުގެ ހޯލުގައި، އިސްލާމިކް މިނިސްޓްރީއާއި ސަޢޫދީ އެމްބަސީއާ ގުޅިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ. މި މުސްޙަފްތައް މިނިސްޓްރީއާއި ހަވާލުކޮށްދެއްވީ ސަޢުދީ އެމްބަސީގެ ފަރާތުން ޗާޖް ޑި އެފެއަރޒް ފަހުދު އަލްދޯސްރީ އެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން މުސްޙަފްތަކާއި ހަވާލުވެލެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި މުސްޙަފުތަކަކީ މާލެއާއި އަތޮޅުތަކުގެ ޤުރްއާން ކުލާސްތަކާއި ޤުރްއާން ހިތުދަސްކުރުމުގެ މަޝްރޫޢުތަކަށް ބޭނުންވާ މުޞްޙަފުތަކެއް ކަމަށެވެ. އެގޮތުން ފުރަތަމަ ޝިޕްމެންޓުގައި 25،000 މުޞްޙަފު ވަނީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ރާއްޖެއަށް ފޮނުއްވާފަކަމަށް މިނިސްޓްރީން ބުނެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤުރްއާން ކުލާސްތަކާއި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢު ފުޅާކުރުމަކީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާއްސަ އިސްކަމެއް ދެއްވާ ކަމެކެވެ. މިއަދު ސަޢުދީ ސަރުކާރުން ހަދިޔާ ކުރި 25،000 މުސްޙަފަކީ މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ބޭނުން ކުރެވިގެންދާނެ މުސްޙަފްތަކެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
އަދި މިއީ މި ސަރުކާރާއި ސަޢުދީ ސަރުކާރާއި ދެމެދު އޮތް ޒަމާންވީ ގުޅުން ދައްކުވައިދޭ ކަމެކެވެ. މި ފުރުޞަތުގައި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބުން ޢަބްދުލް ޢަޒީޒާއި އެ މަނިކުފާނުގެ ވަލިއްޔުލް ޢަހުދު އަލްއަމީރު މުޙައްމަދު ބުން ސަލްމާންއަށް ދިވެހިރާއްޖެއަށް ވެދެއްވާ ދީލަތި އެހީތެރިކަމަށް ޓަކައި އިސްލާމިކް މިިނިސްޓަރު ވަނީ ވަރަށް އިޚްލާޞްތެރިކަމާ އެކު ޝުކުރުއަދާކުރުވައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން