logo

އަލަށް އޮންސްކްރީންގައި އިއްލެ "ލޯބި" ހޯދަން ފަށައިފި

profile

އައިޝަތު އިބްރާހިމް - 02 މޭ 2025 - 16:10

ގިނަބައެއްގެ މަޤްބޫލުކަން ހޯދާފައިވާ އުފެއްދުންތަކެއް މިހައިތަނަށް ދިވެހީންނަށް ހަމައަށް ގެނެސްދީފައިވާ އަދި ދިވެހިންގެ ތެރޭގައި މަޝްޙޫރުވަމުން އަންނަ "އައި ފިލްމްސް"ގެ މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ އިލްޔާސް ވަހީދު (އިއްލެ) އޭނާގެ އެންމެ ފަހުގެ ޕްރޮޖެކްޓް "ލޯބިން" ގެ ޝޫޓިން ރަސްމީކޮށް ފަށައިފިއެވެ.

https://wamco.com.mv/

އިލްޔާސް ވަޙީދު (އިއްލެ) އަކީ އިތުރު ތަޢާރަފަކަށް ބޭނުންނުވާ އެހާމެ ކުޅަދާނަ ވާހަކަ ލިޔުންތެރިއެކެވެ. މޮޅު ޕްރޮޑިއުސަރެކެވެ. އަދި އެއަށްވުރެވެސް ހީވާގި މޮޅު ޑައިރެކްޓަރެކެވެ. މި ފިލްމަކީ އިއްލެ ޑައިރެކްޓްކުރާ ފަސް ވަނަ ފީޗާ ފިލްމެވެ.

"ލޯބިން" އެކު އިއްލެ މިވަންނަނީ ލޯބީގެ ފިލްމްގެތެރެއަށެވެ. އިލްޔާސް ވަޙީދު (އިއްލެ) ލިޔެ، ޑައިރެކްޓްކުރާ ފުރަތަމަ ލޯބީގެ ފިލްމެވެ. މިއީ އިއްލެގެ ކެރިއަރުގައި ރޮމޭންސް ނުވަތަ ލޯބި ހިމެނޭ ފުރަތަމަ ޕްރޮޖެކްޓްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. ޕްލޮޓްގެ ތަފްސީލުތައް ފޮރުވިފައި އޮތް ނަމަވެސް، އޭނާގެ ވާހަކަ ކިޔައިދިނުމުގެ ހުނަރުގެ އައު ޑިމޭންޝަނެއް ދައްކާލުމަށް މި ޕްރޮޖެކްޓުން އިއްލެ ވައުދުވެއެވެ.

މި ފިލްމް އިއުލާން ކުރުމުން އިއްލެގެ ފޭނުންނާއި ފިލްމަށް ޝައުޤުވެރިވާ މީހުންގެ މެދުގައި ވަނީ ބޮޑު ޝައުޤުވެރިކަމެއް ފިލްމާމެދު އުފެދިފައެވެ.

އިލްޔާސް (އިއްލެ) ލިޔެ ޑައިރެކްޓްކޮށްފައިވާ ލޯބިން ޕްރޮޑިއުސް ކުރަމުން އަންނަނީ އައިފިލްމްސް، ލައިޓްސްއައުޓް ޕްރޮޑަކްޝަންސް، އަދި އިންޖިނިއަރސް ވިޝުއަލް ފެކްޓްރީގެ ކޯލަބްރޭޓިވް ބެނާތަކުގެ ދަށުންނެވެ.

ކާސްޓުން "ސިއްރުކޮށް" ފިލްމުގެ ޝޫޓިން ފެށީ އިއްުޔެ އެވެެ. "ލޯބިން" ގެ ޝޫޓިން ފެށި އިރު، މީގެ ރޯލުތަކެއް ކުޅޭ މީހުން ހޯދަން މިދިޔަ މަހުގެ ތެރޭގައި އިއްލެގެ "އައި ފިލްމްސް" އިން ކާސްޓިން ކޯލަކަށް ވެސް ހުޅުވާލައިފައިވެއެވެ.

"އައިފިލްމްސް"ގެ ހުރިހާ އުފެއްދުމެއްގައި ވެސް ދާއިރާ އަށް އައު މޫނުތައް ތަޢާރަފްކުރަމުން އަންނަކަން ފާހަގަކުރެވެއެވެ. އެފަދަ ބައެއް ފަރާތްތަކަކީ ރާއްޖޭގެ ފިލްމީ ދާއިރާގައި މިހާރުއެންމެ އަވަދިނެތި އުޅޭ ފަންނާނުންކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

2019 ވަނަ އަހަރު ޑައިރެކްޓަރެއްގެ ގޮތުން އިލްޔާސް ވަހީދު(އިއްލެ) ފެނިގެންދިޔައީ އެ އަހަރު ނިކުތް ސައިކޮލޮޖިކަލް ތްރިލާ ބަވަތި އިންނެވެ. އެއަށް ފަހު އެކްޝަން ޕެކްޑް ތްރިލާއެއް ކަމަށްވާ ނީނާ ، ފަހުން ފްރީ ޑެލިވަރީ އިން ކޮމެޑީ ސަސްޕެންސް އަށް ވެސް ވަނީ އިއްލެގެ ފިލްމްތަކުގެ ޖޯންރާ ވަދެފައެވެ. އަދި ދަރަކަ އާއި ބިރުވެރި ވާހަކަ ފަދަ ވެބް ސީރީޒްތައް ވެސް ހިމެނެއެވެ. އިއްލެގެ އެންމެ ފަހުން ރިލީޒްކުރި "ކަންބަޅި" އިން ބިރުވެރި ތްރިލާ ޖޯންރާ ތެރެއަށްވަދެ، ދިވެހި ފިލްމު އިންޑަސްޓްރީގެ އެންމެ ވަރސައިޓަލް އެއް ޑައިރެކްޓަރުގެ ގޮތުގައި އޭނާގެ ނަން އިތުރަށް ވަރުގަދަ ކުރި އެވެ.

"ލޯބިން" އާ ބެހޭ މާ ބޮޑު ތަފުޞީލެއް މިހާތަނަށް އަދި ހާމަކޮށްފައި ނުވާ އިރު، ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް ވެސް އަދި ނޭނގެއެވެ.

https://etukuri.mv/
https://www.aslu.com.mv