logo

މުލީ އެއަރޕޯޓަށް ޝެޑިއުލް ދަތުރުތައް ކުރަން މޯލްޑިވިއަނުން ހުޅުވާލައިފި

profile

މުޙައްމަދު ފަޟްލޫން - 20 މޭ 2025 - 16:13

މ މުލީ އެއަރޕޯޓަށް ޝެޑިއުލް ދަތުރުތައް ކުރަން ނިންމައި، ގައުމީ އެއަރލައިން، މޯލްޑިވިއަން އިން އިއުލާނުކޮށްފިއެވެ.

https://wamco.com.mv/

މޯލްޑިވިއަން އިން ކުރި އިއުލާނެއްގައި ބުނީ 22 މެއި ވާ ހޮނިހިރު ދުވަހުން ފެށިގެން މުއްޔަށް ޝެޑިއުލް ދަތުރުތައް ކުރަން ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ހޮނިހިރު ދުވަހު މާލެއިން މުއްޔަށް 15:30 ގައި ފްލައިޓް ފުރާއިރު މުލިން މާލެއަށް ފްލައިޓް ފުރާ ގަޑިއަކީ 16:45 އެވެ.

މޯލްޑިވިއަންގެ ފަރާތުން މ އަތޮޅު މުއްޔަށް ކުރި ފުރަތަމަ މިއަދު ހެނދުނު ކޮށްފައިވާއިރު މިދަތުރުގައި ރައީސް ޑރ މުހައްމަދު މުއިއްޒު އާއި ސަރުކާރުގެ އިސް ވަފުދެއް ވަނީ ބައިވެރިވެފައެވެ.

މޯލްޑިވިއަނުން ބުނީ މުލީ އެއަރޕޯޓްގެ ދަތުރުތައް މިހަފްތާގެ ހޮނިހިރު ދުވަހުން ފެށިގެން ދިވެހިންނާއި ބިދޭސީންނަށް ދަތުރުކުރެވޭނެ ކަމަށެވެ.

މުލީ އެއަރޕޯޓަށް ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހު ޝެޑިއުލް ފްލައިޓްތައް ބާއްވައި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.

މާލެއިން ފުރައިގެން 30 މިނެޓުން ދެވޭ މ އަތޮޅު މުލީގައި ހުޅުވިގެންދިޔަ އެއަރޕޯޓްގެ ސަބަބުން އެ އަތޮޅަށް އިގްތިސާދީ ގޮތުން ކުރިއެރުންތައް ލިބިގެންދާނެ ކަމަށް ރައީ ސް ވަނީ ވިދާޅުވެފައެވެ.

މުލީ އެއަރޕޯޓް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒުއެވެ.

މުލީ އެއަރޕޯޓާއި އެކު މޯލްޑިވިއަންގެ ޑޮމެސްޓިކް ދަތުރުތަކުގެ އަދަދު ވަނީ 17 އަށް އިތުރުވެފައެވެ.

މޯލްޑިވިއަން އަކީ މިވަގުތު ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި އެތެރޭގެ އުދުންތައް ކުރާ އެއަރލައިންއެވެ.

https://etukuri.mv/
https://www.aslu.com.mv