
އެމްޑީޕީ 2 ވެރިކަމުގައިވެސް ގައުމު ދަރުވާލި: ސައީދު

މުޙައްމަދު ފަޟްލޫން - 19 ޖޫން 2026 - 11:24
އެމްޑީޕީގެ ވެރިކަމުގެ ދެ ދައުރުގައިވެސް އިޤްތިޞާދު މެނޭޖުކުރަން ނޭނގުމުގެ ސަބަބުން ޤައުމު ދަރުވާލާފައިވާ ކަމަށް ވިދާޅުވެ، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އެ ޕާޓީގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުން ވަޒީރު ސަޢީދު ވިދާޅުވީ، އެމްޑީޕީން ވެރިކަން ކުރި ކޮންމެ ފަހަރަކުވެސް ފެނިގެންދިޔައީ އެއް މަންޒަރެއް ކަމަށެވެ.
އެގޮތުން، އެ ޕާޓީގެ ފިކުރަށް ތާއީދު ނުކުރާ ކޮންމެ މީހަކު ވަޒީފާ ދޫކޮށް ދާންޖެހޭނެ ކަމަށް ބުނެ، އަމަލީ ގޮތުން އެކަން ދައްކާފައިވާ ކަމަށް ސަޢީދު ފާހަގަކުރެއްވިއެވެ.
ނަމަވެސް، މިހާރުގެ ޕީއެންސީ ސަރުކާރުން ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވާތީ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.
މި ސަރުކާރުން އަބަދުވެސް އެންމެ އިސްކަމެއް ދޭނީ ގައުމީ ފިކުރަށް ކަމަށްވެސް ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ވަޒީރު މިފަދައިން ވިދާޅުވެފައިވާއިރު، ޝުޖާއުވެސް ވަނީ އެމްޑީޕީ އިން ގައުމު ދަރުވާލާފައި ދިޔަ ވާހަކަ ދައްކަވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

މަންމަ ގައިގަ ތަޅާ މާރާމާރީ ހިންގި މައްސަލައެއްގައި މީހަކު ބަންދުކޮށްފި
2 ގަޑިއިރު ކުރިން

ތެލުގެ އަގު އުފުލެން ފަށައިފި
2 ގަޑިއިރު ކުރިން

ވިލިމާލޭ ތަރައްޤީއާ ލާބައަށް އެންމެ ބޮޑު އިސްކަމެއް ދެއްވަނީ މިހާރުގެ ސަރުކާރުން: މުޙައްމަދު އިސްމާޢީލް
2 ގަޑިއިރު ކުރިން

ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމްގެ ދެވަނަ ބެޗުގެ ތަމްރީނުތައް ފަށައިފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)