
"ބޯހިޔާވަހިކަން އެންމެންނަށް" އަނެއްކާވެސް ފުރުސަތު އިތުރުކޮށްފި!

ރިޟްވާން މޫސާ - 01 މޭ 2026 - 11:17
ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން ސަރުކާރުން ކުރިއަށް ގެންދާ ހައުސިން މަޝްރޫއަށް އެދި ހުށައެޅުމުގެ މުއްދަތު އަނެއްކާ ވެސް އިތުރު ކޮށްފި އެވެ.
މި މުއްދަތު ކުރިން ހަމަވާން އޮތީ ނިމިގެން މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށެވެ. ނަމަވެސް މިހާރު ސަރުކާރުން ވަނީ މި މުއްދަތު އަނެއްކާ ވެސް މި ހިނގާ މަހުގެ ނިޔަލަށް އިތުރުކޮށްފަ އެވެ.
ހައުސިން މިނިސްޓްރީން ބުނެފަިއ ވަނީ ސަރުކާރުން ކުރިއަށް ގެންދާ އެންމެ ބޮޑު އެއް ޕްރޮޖެކްޓް ކަމަށްވާ ބޯހިޔާ ވަހިކަމުގެ ޕްރޮޖެކްޓަށް ރައްޔިތުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.
ސަރުކާރުގެ ބޯހިޔާވެހިކަން އެންމެންނަށް ސިޔާސަތުގެ އާއިލީ ބޯހިޔާވެހިކަން ޕްރޮގްރާމުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމަށް ހުޅުވައިލިތާ 24 ގަޑިއިރު ތެރޭގައި 518 ފަރާތަކުން އެޕްލިކޭޝަން ހުށަހަޅާފަައިވާ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
"ޢާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން ދޫކުރުމަށްހަމަޖެހިފައިވަނީ 1250 އަކަފޫޓުގެ 15,000 (ފަނަރަ ހާސް) ގޯއްޗާއި 7900 (ހަތް ހާސް ނުވަ ސަތޭކަ) ފުލެޓެވެ. ގޯއްޗާއި ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅުއްވާނީ މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށެވެ.
އާއިލީ ބޯހިޔާވެހިކަމުގެ ދަށުން ގޯތި ދޫކުރަނީ މާލޭ ރަށްވެހިންގެ ކެޓެގަރީއަށާއި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ އެހެން ރަށްރަށުގެ މީހުންނަށެވެ. އެއީ 1،250 އަކަފޫޓުގެ ބިމެވެ.
މި ސްކީމްގެ ދަށުން މާލޭގެ ރަށްވެހިންނަށް 10،000 ބިން، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް 3،000 ބިން، މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް 500 ބިން އަދި މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުންނާއި އަދި އެ ބިމެއް ތަރައްގީކުރުމަށް ދަތިވާ ގޯތިތަކާއި ލާޖައްސައިގެން ބައްދަލުކުރާ ފަރާތްތަކަށް 1،500 ބިން ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މާލޭ ރަށްވެހިންނަށް 4،000 ފްލެޓް، މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކަށް 1،500 ފްލެޓް އަދި ހާއްސަ އިސްކަންދެވޭ ކެޓަގަރީތަކަށް ޖުމްލަ 2،400 ފްލެޓް އާއިލީ ބޯހިޔާވެހިކަމުގެ ދަށުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ގުޅުން ހުރި ޙަބަރުތައް

އީރާނުގެ ހަމަލާތަކުގައި އެމެރިކާގެ އަސްކަރީޔާ އަށް 2.3 ބިލިއަން ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް!
ގަޑިއިރެއް ކުރިން

ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންގެ އިޙްސާސްތައް ދެނެގަތުން: ނާޝިދު
2 ގަޑިއިރު ކުރިން

މިލަންދޫގެ ބިންހިއްކުމުގެ %90 މަސައްކަތް ނިމިއްޖެ!
2 ގަޑިއިރު ކުރިން

އީރާނުގެ ވަރުގަދަ އިންޒާރެއް އެމެރިކާ އަށް!
20 ގަޑިއިރު ކުރިން


.gif&w=3840&q=75)