logo

މިދިޔަ މަހު 38 މިލިއަން ރުފިޔާގެ ދަޅުމަސް ބޭރުކުރި: ކަސްޓަމްސް

profile

ރިޟްވާން މޫސާ - 17 ޖޫން 2026 - 07:16

ނިމިދިޔަ މެއި މަހުގައި ރާއްޖެއިން ދަޅުމަސް އެކްސްޕޯޓް ކުރުމުގައި 38 މިލިއަން ރުފިޔާ އަށް ގިނަ މަސްދަޅު ބޭރުކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

https://wamco.com.mv/

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މޭ މަހު ރާއްޖެއިން މޭ މަހު ވަނީ 98 މިލިޔަން ރުފިޔާގެ މުދާ ބޭރުކޮށްފައެވެ.

ރާއްޖެއިން ބޭރުކުރާ މުދަލުގެ އެންމެ ބޮޑުބައެއް ހިއްސާކުރަނީ މަހުގެ ބާވަތްތަކެވެ. ރާއްޖެއިން އެންމެ ގިނައިން ބޭރުކުރަނީ ދަޅުގައި ބަންދުކުރި މަހާއި، ގަނޑުކުރި ކަޅުބިލަ މަހާއި ކަންނެލީގެ ބާވަތްތަކެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މި ދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ދަށްވެފައިވުމުން މަސްވެރިން މަހަށް ނިކުތުމަށް ހިތްވަރުދިނުމުގެ ގޮތުން މިފްކޯއަށް މަސް ގަންނަ އަގު ވަނީ ކިލޯއެއް 20 ރުފިޔާއަށް ބޮޑުކޮށްފައެވެ.

ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ ބާވަތްތައް:

- ދަޅު މަސް: 38 މިލިޔަން ރުފިޔާ
- ގަނޑުކުރި ކަޅުބިލަ މަސް: 27 މިލިޔަން ރުފިޔާ
- ގަނޑުކުރި ކަންނެލި މަސް: 18 މިލިޔަން ރުފިޔާ

ރާއްޖެއިން މިހާރު ދަނީ، އިނގިރޭސިވިލާތަށް އަހަރެއްގެ މައްޗަށް 17 މިލިޔަން އިނގިރޭސި ޕައުންޑު ނުވަތަ 25 ވަރަކަށް މިލިޔަން ޑޮލަރުގެ މަސް ބޭރު ކުރަމުނެވެ. މި ލިބުނު ލުއިގެ ސަބަބުން މިއަދަދު ދެގުނަ ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk