logo

އަޒީޒާ މިސްކިތަށް ގެއްލުންދިން މީހާއަށް ފިޔަވަޅު އެޅުމުގެ މަސައްކަތްދަނީ ކުރަމުން: ފުލުހުން

profile

މުޙައްމަދު ފަޟްލޫން - 21 ޖުލައި 2026 - 08:37

ހުޅުމާލޭގައި ހުންނަ މަސްޖިދުލް އަޒީޒާ މޫސާއަށް ގެއްލުންދިން މައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ ނަފްސާނީ އަދި ޖިސްމާނީ ހާލަތަށް ރިއާޔަތްކޮށް، މިސްކިތުގެ ހުރުމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

https://wamco.com.mv/

މި ހާދިސާއާ ގުޅޭގޮތުން ފުލުހުން ކުރިން ބުނެފައިވަނީ، މިސްކިތަށް ގެއްލުންދީފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ ޖުލައި މަހުގެ 20 ވަނަ ދުވަހުގެ ފަތިހު 3:47 ހާއިރުއެވެ.

މި މައްސަލައިގައި ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަޒީޒާ މިސްކިތަށް ގެއްލުން ދިން ކަމަށް ތުހުމަތުކުރެވޭ މީހާގެ ހާލަތު ދެނެގަނެ، މިސްކިތް ފަދަ މުގައްދަސް ތަންތަނުގެ ރައްކާތެރިކަން ދެމެހެއްޓުމަށް ބޭނުންވާ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިސްކިތަށް ދީފައިވާ ގެއްލުންތަކުގެ ތެރޭގައި، ބައެއް ދޮރުތަކުގެ ބިއްލޫރި ތަޅާލުމުގެ އިތުރުން، މިސްކިތުގައި ހުރި މުސްހަފްތައް އުކާލައި، އެ ތަކެއްޗަށް އިހާނެތިކޮށް ހިތާފައިވާކަން ފާހަގަކުރެވެއެވެ.

މިސްކިތްތަކަށް ގެއްލުންދިނުމާއި، މިސްކިތްތަކުގައި ހުންނަ ތަކެތި ވަގަށް ނެގުމުގެ މައްސަލަތައް ދޭތެރެއަކުން ފެންމަތިވަމުންދާކަން ފާހަގަކުރެވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk