
މަމްތާ އިސްތިއުފާދެއްވަން ދެކޮޅު ހައްދަވައިފި

މުޙައްމަދު ފަޟްލޫން - 06 މޭ 2026 - 11:49
އިންޑިއާގެ ވެސްޓް ބެންގާލް ސްޓޭޓް އިންތިހާބުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީ އަތުން ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހުނު ނަމަވެސް، އެ ސްޓޭޓްގެ ޗީފް މިނިސްޓަރު މަމަތާ ބެނަރޖީ މަގާމުން އިސްތިއުފާ ދެއްވުމަށް އިންކާރު ކުރައްވައިފިއެވެ.
މި އިންތިޚާބުގައި، 2011 ވަނަ އަހަރުން ފެށިގެން ވެސްޓް ބެންގާލްގެ ވެރިކަން ކުރަމުން އައި މަމަތާގެ ޓްރީނަމޫލް ކޮންގްރެސް (ޓީއެމްސީ) ބަލިކޮށް، ބީޖޭޕީން ވަނީ 294 ގޮނޑީގެ ތެރެއިން ތިންބައިކުޅަ ދެބަޔަށްވުރެ ގިނަ ގޮނޑި ކާމިޔާބުކޮށްފައެވެ. ކުރިން 215 ގޮނޑި ކާމިޔާބުކޮށްފައި އޮތް ޓީއެމްސީއަށް މިފަހަރު ލިބުނީ އެންމެ 80 ގޮނޑިއެވެ. އަދި މަމަތާ ވާދަކުރެއްވި ގޮނޑިވެސް ބީޖޭޕީގެ ސުވެންދު އަދިކާރީއާ ވާދަކޮށް ވަނީ ނާކާމިޔާބުވެފައެވެ.
ވެސްޓް ބެންގާލްގައި މީގެކުރިން ދުވަހަކުވެސް ވެރިކަން ކޮށްފައި ނުވާ ބީޖޭޕީއަށް، މިއީ ސިޔާސީ ގޮތުން ލިބުނު ތާރީޚީ ބޮޑު ކާމިޔާބީއެކެވެ. މި ނަތީޖާއާއެކު އިންޑިއާގެ އިރުމަތީ ސަރަހައްދުގެ ގާތްގަނޑަކަށް ހުރިހާ ސްޓޭޓެއް މިހާރު އޮތީ ބީޖޭޕީގެ ބާރުގެ ދަށުގައެވެ.
އިންތިޚާބުގެ ނަތީޖާއާ ގުޅޭގޮތުން މަމަތާ ތުހުމަތު ކުރެއްވި ގޮތުގައި، ޓީއެމްސީއަށް ލިބެންޖެހޭ ގާތްގަނޑަކަށް 100 އެއްހާ ގޮނޑި ވަނީ "ނުފޫޒުން ފޭރިގެންފައެވެ." އަދި އެ ގައުމުގެ އިލެކްޝަން ކޮމިޝަނުން ވަކި ފަރާތަކަށް ޖެހިގެން މަސައްކަތް ކޮށްފައިވާ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. ނަމަވެސް، މި ތުހުމަތުތަކަށް ބާރުދޭ އެއްވެސް ހެއްކެއް ހުށަހަޅުއްވާފައެއް ނުވެއެވެ.
މި ވާހަކަތަކާ ގުޅިގެން ވެސްޓް ބެންގާލްގެ ޗީފް އިލެކްޓޯރަލް އޮފިސަރު މަނޯޖް ކުމާރު އަގަރްވާލް ވިދާޅުވީ، މަމަތާގެ ތުހުމަތުތަކަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާވެފައިވާ ވާހަކަތަކެއް ނޫން ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

233 އާރުޓީއައި އަށް ރައީސް އޮފީހުން ޖަވާބުދީފި: ތަރުޖަމާނު
3 ގަޑިއިރު ކުރިން

ހިތަށްވީތަދުގެ ބަދަލު ހޯދަން އުޅެގެން އެމްޑީޕީއަށް ލިބޭނެ މޮޅެއް ނެތް: ފައްޔާޒް
3 ގަޑިއިރު ކުރިން

ޑީޖޭއޭގެ އިސް ދެމުވައްޒަފަކު ސަސްޕެންޑް ކޮށްފި
3 ގަޑިއިރު ކުރިން

އައްޑޫސިޓީގެ ވިޔަފާރިވެރިންނަށް ހާއްސަ ބިޒަނަސް ފޯރަމެއް މި މަހުގެ ތެރޭގައި ބާއްވަނީ
5 ގަޑިއިރު ކުރިން


.gif&w=3840&q=75)