logo

ޗައިނާގެ ޝިއާމެން އެއަރލައިންސްގެ ދަތުރުތައް ރާއްޖެއަށް

profile

އާމިނަތު ޝަފާ - 30 ޖުލައި 2024 - 21:35

ޗައިނާގެ ޝިއާމެން އެއަރލައިންސް އިން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފެށުން

ޗައިނާގެ ޝިއާމެން އެއަރލައިންސް އިން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފެށުން

ޗައިނާގެ ޝިއާމެން އެއަރލައިންސް އިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށައިފިއެވެ.

ޝިއާމެން އެއަރލައިންސްގެ ފުރަތަމަ ޝެޑިއުލް ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ އަންގާރަދުވަހު ހަވީރުއެވެ.

ޝިއާމެން އެއަރލައިންސްގެ ޝެޑިއުލްޑް ފްލައިޓްތައް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ފެށުން ފާހަގަކުރައްވާ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ގެ ސީ.އީ.އޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ، މީގެ ކުރިން ޗާޓަރކޮށް ދަތުރު ކުރަމުން އައި މި އެއަރލައިނުން ޝެޑިއުލް ދަތުރުތައް ފެށުމަކީ، ދުނިޔޭގެ އެކި ސަރަހައްދުތަކުން ރާއްޖެއަށް ދަތުރުކުރާ ފްލައިޓްތައް އިތުރުކުރުމަށް އެމް.އޭ.ސީ.އެލްއިން ކުރަމުންދާ މަސައްކަތްތަކަށް ލިބޭ ކުރިއެރުމެއް ކަމަށެވެ. އަދި މިއީ މިއަހަރު 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ޚާސިލްކުރުމަށް އެހީތެރިވެދޭނެ ކަމެއްކަމަށްވެސް ސީ.އީ.އޯ ވިދާޅުވިއެވެ.

ޝިއާމެން އެއަރލައިންސް އިން ރާއްޖެއަށް ހަފްތާއަކު 3 ޝެޑިއުލް ދަތުރު ކުރާނެއެވެ. މި ދަތުރުތަކުގައި ބޭނުންކުރަނީ ބީ737-800 މަރުކާގެ 169 ސީޓުގެ ފްލައިޓެވެ. މި އެއަރލައިން އިން ޝެޑިއުލް ދަތުރުތައް ފަށާފައިވާއިރު، މިއަހަރުގެ ފެބުރުއަރީ އިން ފެށިގެން ޗާޓަރ ދަތުރުތައް ކުރިއެވެ.

ޗައިނާގެ ހަތަރު އެއަރލައިނަކުން ރާއްޖެއަށް ދަތުރު ކުރެއެވެ. އެއީ ބެއިޖިން ކެޕިޓަލް، ސިޗުއާން އެއަރލައިންސް، ޗޮންޗިން އެއަރލައިންސް އަދި ޗައިނާ އީސްޓަރންއެވެ.

https://int.etukuri.mv/
tel:+9607331319