logo

ތިމާވެށްޓަށް އަންނަ ބަދަލުތަކުގެ އަސަރު ވައިގެ ދަތުރުފަތުރަށް ކުރުމާ ގުޅޭ ފޯރަމެއް

profile

ޒިދާން މުޙައްމަދު - 17 ސެޕްޓެމްބަރު 2024 - 13:25

އެމްއޭސީއެލްއިން އިންތިޒާމުކޮށް ކުރިއަށްގެންދާ ފޯރަމްގެ ތެރެއިން -- ފޮޓޯ: އެމްއޭސީއެލް

އެމްއޭސީއެލްއިން އިންތިޒާމުކޮށް ކުރިއަށްގެންދާ ފޯރަމްގެ ތެރެއިން -- ފޮޓޯ: އެމްއޭސީއެލް

ތިމާވެށްޓަށް އަންނަ ބަދަލުތަކުގެ އަސަރު ވައިގެ ދަތުރުފަތުރަށް ކުރުމާ ގުޅޭ ފޯރަމެއް ފަށައިފިއެވެ.

އަންގާރަ ދުވަހުގެ ހެނދުނު ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ޖަލްސާކުރާ މާލަމުގައި ފެށި މިފޯރަމަކީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާއި އައިޔޫއެމް، މިނިސްޓްެރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މޫސުމާ ބެހޭ ގައުމީ އިދާރާ، އަދި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ ގުޅިގެން ކުރިއަށްގެންދާ ފޯރަމެކެވެ.

އެމްއޭސީއެލްގެ އިސްނެގުމަށް ކުރިއަށްގެންދާ މިފޯރަމަކީ ދުނިޔޭގެ އޯޒޯން ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދާ ފޯރަމެކެވެ.

މިފޯރަމް ފެށުމަށްޓަކައި ބޭއްވި ހަފުލާ ޝަރަފުވެރިކޮށްދެއްވީ ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޓު ދި ޕްރެޒިޑެންޓް ޢަލީ ޝަރީފްއެވެ.

މިހަފުލާގައި، އެމްއޭސީއެލްގެ އިސްވެރިންނާއި އައިޔޫއެމް، މިނިސްޓްެރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މޫސުމާ ބެހޭ ގައުމީ އިދާރާ، އަދި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިސްވެރިންނާއި ބައެއް މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ.

ފޯރަމް ފެށުމުގެ ހަފުލާގައި، އެމްއޭސީލްއެލްގެ އެމްޑީ އަދި ސީއީއޯ އިބްރާހީމް ޝަރީފް މުހައްމަދު ވަނީ ވާހަކަ ދައްކަވާފައެވެ.

އަދި އޯޒޯން ދުވަހާ ގުޅުވައިގެން އެމްއޭސީއެލްއިން ތައްޔާރުކުރި ހާއްސަ ވީޑިއޯ ރިޕޯޓެއް ދެއްކުމުގެ އިތުރުން ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޓު ދި ޕްރެޒިޑެންޓްގެ ވާހަކަދެއްކެވުމާއި ސިވިލް އޭވިއޭޝަން މިނިސްޓްރީއާއި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ޕްރެޒެންޓޭޝަންތަކެއް ހުށަހެޅުން އޮތެވެ.

އެމްއޭސީއެލްއިން އިންތިޒާމުކޮށް ކުރިއަށްގެންދާ ފޯރަމްގެ ތެރެއިން -- ފޮޓޯ: އެމްއޭސީއެލް


މިފޯރަމްގައި މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ ތިމާވެށްޓަށް އަންނަ ބަދަލުތަކުގެ އަސަރު ވައިގެ ދަތުރުފަތުރަށްކުރުމާ ގުޅޭ ގޮތުން ޕްރެޒެންޓޭޝަންތައް ހުށަހެޅުމާއި ރައުންޑް ޓޭބަލް ޑިސްކަޝަންތަކުގެ އިތުރުން ގްރޫޕް ޑިސްކަޝަންތަކެވެ.

އިއްޔެއަކީ ދުނިޔޭގެ އޯޒޯން ދުވަހެވެ. ދުނިޔޭގެ އޯޒޯން ދުވަހަކީ، އޯޒޯން ފަށަލައަށް ލިބެމުންދާ ގެއްލުމާއި، އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތަކާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ފާހަގަކުރަމުން އަންނަ ދުވަހެކެވެ.

މިދުވަސް ފާހަގަ ކުރަނީ އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް ބޭނުންކުރުން ހުއްޓާލުމަށްޓަކައި 1994 ވަނައަހަރުން ފެށިގެން ފާހަގަ ކުރަމުން އަންނަށް ދުނިޔޭގެ އޯޒޯން ދުވަސް ފާހަގަ ކުރެވެމުން އަންނަނީ މޮންޓްރިއަލް ޕްރޮޓޮކޯލް ތަސްދީޤު ކުރެވެނު ތާރީޚު ކަމަށްވާ 16 ސެޕްޓެމްބަރ 1987 ގުޅުވައިގެންނެވެ.

މޮންޓްރިއަލް ޕްރޮޓޮކޯލަކީ، ތިމާވެށި ޙިމާޔަތްކުރުމުގެ މަޤްޞަދުގައި ދުނިޔޭގައި މިހާތަނަށް އަމަލުކުރެވެމުންދާ އެންމެ ކާމިޔާބު، އެންމެ ރަނގަޅު ނަތީޖާ ޙާސިލްކޮށްފައިވާ، އަދި ހުރިހާ ގައުމަކުން ބައިވެރިވާ މުޢާހަދާއެކެވެ.

197 ގައުމުން ބައިވެރިވެފައި މިމުޢާހަދާގައި ރާއްޖެއިން ބައިވެރިވެފައިވަނީ 1989 ވަނަ އަހަރުއެވެ.

https://int.etukuri.mv/
tel:+9607331319