logo

އެމްއޭސީއެލް އާއި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އެއްކޮށްލަނީ

profile

ޝުރުފާ މުހަންމަދު - 01 ސެޕްޓެމްބަރު 2024 - 23:33

އެމްއޭސީއެލްއިން ބެހެއްޓި އައު މޮނިއުމެންޓް

އެމްއޭސީއެލްއިން ބެހެއްޓި އައު މޮނިއުމެންޓް

ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އެއްކޮށްލަން ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުހަންމަދު ސައީދު ވިދާޅުވީ މިކަމުގެ ސަބަބުން ދައުލަތަށް ވަރަށް ބޮޑު ޚަރަދެއް ރައްކާކުރެވޭނެ ކަމަށެވެ. އެގޮތުން ދެ ކުންފުނީގެ ބަދަލުގެ ތެރޭގައި ހަނިމާދޫވެސް ހިމެނޭ ގޮތަށް ޖުމްލަ 8 އެއާޕޯޓެއްގެ މަސައްކަތް ހިމެނޭނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މީގެ އިތުރަށް މިނިސްޓަރ ވަނީ މި މަރޖަރ ގެންނަން ޖެހޭ މައިގަނޑު ސަބަބުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން ގިނަ ކުންފުނިތަކަކީ އެއް ކަހަލަ ޓެކްނިކަލް މަސައްކަތްތަކެއް ކުރާ ކުންފުނިތަކެއްކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.

"މިސާލަކަށް އެމްއޭސީއެލް، އާރްއޭސީއެލް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑަކީ ވެސް ވަރަށް ބޮޑަށް ޓެލެންޓް އަދި ޓެކްނިކަލް ވަޒީފާތަކުގައި ވަރަށް މީހުން ބޭނުންވާ ދާއިރާއެއް. ރީޖަނަލް އެއާޕޯޓްސް އަކީ ވެސް ސިމިލަރ ޓެލެންޓް ޕޫލެއް. މި ދެ ކުންފުނި އެއްކޮށްލީމަ، އެމްއޭސީއެލްގެ އޮތް މުޅި އިސްޓިޓިއުޝަނަލް ސްޓްރެންތައް ބަލާއިރުގަ ބްލީޑު ނުވެ، ޚަރަދުތައް ވަރަށް ބޮޑަށް ކުޑަކުރެވޭނެ." މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ މިކަމުގެ މަޝްވަރާތައް ކެބިނެޓިގައި ކޮށް މިހާރު އެ މަސައްކަތް ނިންމާނެ ތާރީޚުވެސް ކަނޑައަޅާފައިވާ ކަމަށެވެ.

31 ޖެނުއަރީ 2025 އަށް ދާއިރުގައި މި މަސައްކަތް އިރާދަކުރެއްވިއްޔާ ނިމިފައި އޮންނާނީ ކޯޕަރޭޓް ގަވަނެންސްގެ އުސޫލުން، ދެ ކުންފުނިން ނިންމަންޖެހޭ ނިންމުންތަކާއި އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް.

ކުންފުނިތަކުގެ ހިންގުމަށް މި ގެންނަ ބަދަލާއި އެކު، ސަރުކާރުގެ ޚަރަދަށް އަންނާނެ ބަދަލާ މުވައްޒަފުންގެ އަދަދުތަކާ ގުޅޭގޮތުން ސުވާލުކުރުމުން މިނިސްޓަރ ސައީދު ވަނީ މިކަމުގެ ސަބަބުން މުވައްޒަފުންނާއި، ޚިދުމަތް ހޯދާ ފަރާތްތަކަށް ދަތިނުވާނެ ގޮތަށް މިކަން އިންތިޒާމުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ކޮންމެ ކުންފުންޏެއްގެ ވެސް މެންޑޭޓާއި މަސައްކަތްތައް ފުޅާވާއިރު، މި މުވައްޒަފުންނަކީ ބޭނުންވާނެ މުވައްޒަފުންކަން ފާހަގަކުރައްވާ ވިދާޅުވީ މީގެ ސަބަބުން ކޮންމެ ކުންފުންޏަކުން ވެސް އައު މުވައްޒަފުން ނަގަން ޖެހޭ ނެގުން މަދުވެގެން ދާނެ ކަމަށް. އަދި ކުންފުނީގެ އޮފީސްތައް ހިންގުން ފަދަ ބައެއް އިދާރީ ޚަރަދުތައް ކުޑަވާނެކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.

https://wamco.com.mv/
tel:+9607331319