logo

އެމްއޭސީއެލް އިން ފީކް ސީޒަނަށް ތައްޔާރުވަނީ

profile

މަރްޔަމް އުމްނާ އިސްމާޢީލް - 31 އޯގަސްޓު 2024 - 22:43

VIA08284-Enhanced-NR.jpg

VIA08284-Enhanced-NR.jpg

މި އަހަރުގެ ފަތުރުވެރިކަމުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.

'ވިންޓާ ޕްރެޕް ކިކްއޮފް 2024' ގެ ނަމުގައި ބޭއްވި މި ހަރަކާތުގެ މަގްސަދަކީ ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމަށްޓަކައި ކުރަން ރާވާފައިވާ ކަންކަން ކުންފުނީގެ މެނޭޖްމެންޓާއި ހިއްސާކޮށް, ކުންފުނީގެ ލަނޑުދަނޑިތަކާއި އެއްގޮތްވާ ގޮތަށް މަސައްކަތްތައް ރާވައި އިންތިޒާމްކުރުން ކަމަށް އެމްއޭސީއެލް އިން ބުނެފައިވެ އެވެ.

އެމްއޭސީއެލް އިން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފަތުރުވެރިކަމުގެ ޕީކް ސީޒަނަށް ތައްޔާރުވަމުންދާއިރު، އެންމެ ބޮޑު ސަމާލުކަމެއް ދޭނީ ފުރާ ފަސިންޖަރުންނާއި އެއާލައިންތަކަށް ފަސޭހަ އަދި ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދެވޭނެ މާހައުލެއް ގާއިމުކުރުމަށް ކަމަށެވެ.

އެގޮތުން މިހާރު ބޭނުންކުރާ ޓާމިނަލް ސަރަހައްދު ތަނަވަސްކޮށް، ކާރުބާރޫ ބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ އިތުރުން މުޅި ފެސިލިޓީގައި ފިނިހޫނުމިން އެކަށީގެންވާ މިންވަރެއްގައި ބެހެއްޓުމާ އެކު, ޓާމިނަލް ރީތިކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތު ދީފައި ވެއެވެ.

އެ ހަރަކާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ އެ ހަރަކާތަކީ އެ ކުންފުނިން ރާވާފައިވާ މަސައްކަތުގެ ފެށުމެއް ކަމަށެވެ. އަދި ކުންފުނީގެ އެތެރޭގައި ކުރެވޭ މަސައްކަތްތައް މުވައްޒަފުންގެ މެދުގައި މަޝްވަރާކުރެވިގެން ކުރިއަށް ގެންދިޔުމަކީ ކުރިއެރުމެއްކަން ފާހަގަކުރެއްވިއެވެ.

އޭނާ ވަނީ އަންނަ އަހަރުގެ ސީޒަނަށް ލަނޑުދަނޑިތަކެއް ކަނޑައަޅައި، އަމާޒުތަކަށް ވާސިލުވުމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައި، އެއާޕޯޓުން ފޯރުކޮށްދޭ ޚހިދުމަތްތައް އިތުރަށް ރަނގަޅުކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދާނެކަމުގެ ޔަގީންކަން ވެސް ދެއްވާފަ އެވެ.

https://int.etukuri.mv/
tel:+9607331319