logo

ދަނޑުތަކުގައި ހައްދާ ކާބޯތަކެތި އެއާ ކާގޯކުރުމުގައި ހުރި ދަތިތަކަށް ހައްލު ހޯދަނީ

profile

ޝުރުފާ މުހަންމަދު - 19 ސެޕްޓެމްބަރު 2024 - 19:21

އެގްރިކަލްޗަރ އަދި ޓްރާންސްޕޯޓް މިނިސްޓްރީން ބޭއްވި ބައްދަލުވުން----

އެގްރިކަލްޗަރ އަދި ޓްރާންސްޕޯޓް މިނިސްޓްރީން ބޭއްވި ބައްދަލުވުން----

ދަނޑުވެރިން ހައްދާ މޭވާ އާއި ތަރުކާރީ އެއާ ކާގޯ ކުރުމުގައި ހުރި ދަތިތައް ހައްލުކުރުމަށް މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާ އާއި، ޓްރާންސްޕޯޓް މިނިސްޓްރީ އާއި ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.

މި ބައްދަލުވުމުގައި ދެ މިނިސްޓްރީގެ ވަޒީރުން ބައިވެރިވެވަޑައިގެންފައި ވެއެވެ. މި ބައްދަލްވުމުގައި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އަދި އައިލޭންޑް އޭވިއޭޝަންގެ މެނޭޖިންގް ޑިރެކްޓަރ އާއި ބައްދަލު ކުރައްވާފަ އެވެ.

ރާއްޖޭގެ އަތޮޅުތެރޭގައި ދަނޑުވެރިން ހައްދާ ތަކެތި ބާޒާރަށް އެއަރ ކާގޯގެ ގޮތުގައި މާރުކޭޓުތަކަށް އުފުލުމުގައި ހުރި ގޮންޖެހުންތަކާއި އަދި އެކަން ފަހިކުރެވޭނެ ގޮތްތަކާއި މެދު މަޝްވަރާކޮށްފައި ވެއެވެ.

އަތޮޅުތެރޭގައި ދަނޑުވެރިކަން ކުރިއެރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ މަސައްކަތަށް ވާއިރު، އުތުރުތިލަފަޅުގައި އެކަމަށް ޚާއްސަ ޕްރޮޖެކްޓެއް ސަރުކާރުން ވަނީ ލޯންޗުކޮށްފަ އެވެ. އެތަނުގެ މަސައްކަތް މި އަހަރުގެ ފަހު ކޮޅު ފަށާއިރު، އެ ތަން ތަރައްގީކުރުމުގެ މަސައްކަތްކުރަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީޒޯން ކުންފުނީގެ ފަރާތުން ޗައިނާގެ ހާބަރ އިންޖިނިއަރިންގް ކޮމްޕެނީ ލިމިޓެޑާއި ހަވާލުކޮށްގެންނެވެ.

އުތުރުތިލަފަޅަކީ މާލެ ސަރަހައްދުން ތަރައްގީކުރާ ތަނަކަށްވާއިރު، ރާއްޖެހެން އެހެން ހިސާބުތަކުން ވެސް ދަނޑުވެރިކަމަށް ޚާއްސަ ސަރަހައްދުތައް ތަރައްގީކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ އެވެ. މިއާއި އެކު ދަނޑުވެރިން ހައްދާ ކާބޯތަކެތި އުފުލުމަށް ފަސޭހަ މަގެއް ބޭނުންވާނެ އެވެ.


https://wamco.com.mv/
tel:+9607331319