logo

މިދިޔަ މަހު ފުލުހުންނަށް އެންމެ ގިނައިން ރިޕޯޓްކުރީ ޑްރަގްގެ މައްސަލަތައް!

profile

އާމިނަތު ޝަޒްލާ - 05 ސެޕްޓެމްބަރު 2026 - 13:31

މިދިޔަ މަހުގެ ތެރޭގައި ފުލުހުންނަށް 1،000 އަށް ވުރެ ގިނަ މައްސަލަ ރިޕޯޓްކޮށްފައިވާ އިރު، އޭގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތައް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

https://wamco.com.mv/

އަދި މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކުށުގެ މައްސަލަތަކުގެ އަދަދު ވަނީ އިތުރުވެފައެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ޖުމްލަ 1،091 މައްސަލައެއް ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ. މީގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން މަސްތުވާތަކެއްޗާ ގުޅޭ 341 މައްސަލައެއް ހުށަހަޅާފައިވާ އިރު، ވައްކަމުގެ 257 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.

މީގެއިތުރުން ވެސް އެކި ބާވަތުގެ ގިނަ މައްސަލަތަކެއް މިދިޔަ މަހު ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ޓްރެފިކް އެކްސިޑެންޓްގެ 210 މައްސަލަ، އެއްޗެތި ގެއްލިގެން ހުށަހެޅި 88 މައްސަލަ، މުދަލަށް ގެއްލުން ދިނުމުގެ 65 މައްސަލަ އަދި މާރާމާރީގެ 42 މައްސަލަ ހިމެނެއެވެ. އަދި ޖިންސީ ކުށުގެ 27 މައްސަލައާއި، ގެވެށި އަނިޔާގެ 24 މައްސަލައިގެ އިތުރުން ޚިޔާނާތްތެރިވުމުގެ 17 މައްސަލައާއި، ފޯޖް ކުރުމުގެ 11 މައްސަލަ އަދި ފޭރުމުގެ 9 މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މި އަހަރުގެ މިހާތަނަށް ހުށަހަޅާފައިވާ ޖުމްލަ މައްސަލަތަކަށް ބަލާއިރު، ވައްކަމުގެ 2،351 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. އަދި ޓްރެފިކް އެކްސިޑެންޓްތަކާ ގުޅުންހުރި 2،042 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، މަސްތުވާތަކެތީގެ 1،844 މައްސަލައެއް ވެސް މި އަހަރުގެ މިހާތަނަށް ފުލުހުންގެ އިދާރާއަށް ވަނީ ހުށަހަޅާފައެވެ.

https://wamco.com.mv/
tel:+9607331319