
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ މަޝްވަރާތަކަށް އިނގިރޭސި ސަރުކާރަށް ދިވެހިރާއްޖެއިން ދައުވަތުދީފި

މުޙައްމަދު ފަޟްލޫން - 08 ސެޕްޓެމްބަރު 2026 - 06:50
ފޯޅަވަހީގެ ސިޔާދަތީ މިލްކުވެރިކަމާ ގުޅޭގޮތުން، އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު ރަސްމީ ވާހަކަތައް ފެއްޓެވުމަށް، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ދަ ރައިޓް އޮނަރަބަލް ކިއާ ސްޓާމަރ އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދައުވަތު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ދައުވަތު ދެއްވާފައިވަނީ، ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސި ސަރުކާރުން ނިންމަވާފައިވާ ނިންމެވުމާ ގުޅިގެން، ދިވެހިރާއްޖޭގެ ކަންބޮޑުވުންތައް ހާމަކުރައްވައި ބޮޑުވަޒީރަށް ފޮނުއްވި ރަސްމީ ސިޓީފުޅެއްގައެވެ.
އެ ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވަނީ، ތާރީހީ ގޮތުންނާއި ޖިއޮގްރަފީގެ ގޮތުން ބެލިނަމަވެސް ފޯޅަވައްސަކީ ދިވެހިރާއްޖެއާ ނުހަނު ގާތް އަދި ގުޅިލާމެހިފައިވާ ތަނެއް ކަމަށެވެ. އެހެންކަމުން، އެ ރަށްތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކާމެދު ދިވެހި ސަރުކާރުން ނުހަނު ކަންބޮޑުވާކަން ވަނީ ފާޅުކުރައްވާފައެވެ.
މީގެއިތުރުން، އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ.
ދިވެހި ދައުލަތާއި ރައްޔިތުންގެ ހައްގުތައް އެންމެ ފުރިހަމައަށް ހިމާޔަތްކުރެވޭނެ ފަދަ އިންސާފުވެރި ހައްލެއް ހޯދުމަށްޓަކައި، މި މައްސަލައިގައި އިނގިރޭސި ސަރުކާރާއެކު ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ވަނީ ދެއްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ހިމަބިހި ޖެހުނު މީހުންގެ އަދަދު 264 އަށް އަރައިފި
11 މިނިޓު ކުރިން

މިލިއަނަކަށްވުރެ ގިނަ ފަތުރުވެރިން ރިސޯޓްތަކުގައި ޗުއްޓީ ހޭދަކޮށްފި
13 މިނިޓު ކުރިން

ފްލެޓްތަކުގެ ކުޑަދޮރުތަކުގައި ގްރިލް ހަރުކުރުމުގެ މަސައްކަތް އެޗްޑީސީ އިން ފަށައިފި
13 މިނިޓު ކުރިން

ރިޔާސީ ޕްރައިމަރީގައި ތާއީދުކުރައްވަނީ ފައްޔާޒް އަށް: ރައީސް ނަޝީދު
15 މިނިޓު ކުރިން


