logo

މަސްވެރިންނަށް ދޭންޖެހޭ 6 މިލިއަން ރުފިޔާ ދޫކޮށްފި

profile

މުޙައްމަދު ހަފީޒް - 08 ފެބްރުއަރީ 2025 - 13:25

މަސްވެރިންނަށް ދޭންޖެހޭ 6 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް ސަރުކާރުގެ މަސް ކުންފުނި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޑެޓް، މިފްކޯއިން ބުނެފިއެވެ.

https://wamco.com.mv/

މިފްކޯއިން އެންމެ ފަހުން އާންމުކުރި މައުލޫމާތުގައި ވާގޮތުން 8 ފެބްރުއަރީ 2024 މަސްދޯނިފަހަރަށް ދައްކަންޖެހޭ ފައިސާ ބޭންކާ ހިއްސާކޮށްފިއެވެ.

View post on Twitter

ޖުމްލަ އަދަދު 6,491,326.6 ރުފިޔާ އޮޑިވެރިންނަށް ދީފައިވާކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާއެއްގޮތަށް މިއަހަރުގެ މަސްވެރިންގެ ދުވަހުން ފެށިގެން އަންނަނީ 48 ގަޑިއިރުގެ ތެރޭގައި އޮޑިވެރިންނަށް ފައިސާ ޖަމާކޮށްދެމުންނެވެ. އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ފެއްޓެއްވި އެއް މަސައްކަތަކީ މިދިޔަ ސަރުކާރުން ފެށިގެން މަސްވެރިންނަށް ފައިސާ ނުދީ ހުރި ބްކެލޮގް އެއްކޮށް ކްލިއާ ކުރުމެވެ. އެގޮތުން މި ސަރުކާރު ވެރިކަމާ ހަވާލުވީއިރު، މަސްވެރިން ކިރުވާފައިވާ މަހަށް ގިނަ ޢަދަދެއްގެ ފައިސާ ނުދީ އޮތެވެ. އެގޮތުން 230 މިލިޔަނެއްހާ ރުފިޔާ މަސްވެރިންނަށް ނުދީ އޮތެވެ. އަދި މިހާރު އެ ބެކްލޮގް ވެސް ކްލިއަރ ކުރައްވާފައި ވާއިރު، ކުރިއަށް އޮތް ތަނުގައި މަސްވެރިންނަށް އެ ދަތިތައް ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން މިފްކޯއިން ދެ އެވެ.

މަސްވެރިންނާއި އޮޑިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ 48 ގަޑިއިރުގެތެރޭގައި ފައިސާ ދިނުމުގެ ވަޢުދު ވަނީ ފުއްދަވާފައެވެ.

ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ވަނީ މިފްކޯގެ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކޮށް މިފްކޯއަކީ 100 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ބަދަލުކޮށްފައެވެ. އަދި މަސްވެރިންގެ ޤައުމީ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށައި މަސްވެރިން ދަފްތަރުކުރުމުގެ މަސައްކަތްވަނީ ފަށާފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay