ފޭސް-2 ގައި މިރޭ ހަވާ އަރުވަނީ
އައިޝަތު އިނާޝާ - 25 ޖެނުއަރީ 2025 - 08:46
ހުޅުމާލޭ ފޭސް-2 ގައި މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށް އެމް.އެން.ޑީ.އެފްއިން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފޭސް 2 ގެ ވިނަރެސް ފްލެޓާއި ދިމާ ބޭރު ސަރަހައްދުގައެވެ. އެގޮތުން މިރޭ 21:30 އިން ފެށިގެން 5 މިނެޓުގެ ވަގުތަކަށް ހަވާއެރުވުން ކުރިއަށްދާނެކަމަށް އެމް.އެން.ޑީ.އެފުން ބުނެއެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި މިއީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށްގެންދާ ހަރަކާތެކެވެ.
ތަފާތު މުނާސަބަތުތަކުގައި މާލެ ސަރަހައްދުގައި، އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ހަވާއެރުވުމުގެ ހަރަކާތްތައް ބާއްވައެވެ.
ހަވާ އެރުވުމުގެ ހުއްދަ ދީފައި އޮންނަނީ ހަމައެކަނި އެމްއެންޑީއެފަށެވެ.
އެ މަސައްކަތް ކުރަނީ ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ)އިން ވިޔަފާރި އުސޫލުންނެވެ.
ގުޅުން ހުރި ޙަބަރުތައް
6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން
ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން
އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން
ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން