logo

ބޮޓްސްވާނާ މުބާރާތުން ރާއްޖެ އަށް ލިބުނު ކާމިޔާބީ އަށް ރައީސްގެ މަރުހަބާ

profile

ޝުރުފާ މުހައްމަދު - 24 ނޮވެމްބަރު 2024 - 19:10

ބޮޓްސްވާނާ އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ރާއްޖޭން ވާދަކުރި ކުޅުންތެރިން---

ބޮޓްސްވާނާ އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ރާއްޖޭން ވާދަކުރި ކުޅުންތެރިން---

ބޮޓްސްވާނާ އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ރާއްޖޭން ހޯދި ކާމިޔާބީ އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.

އެ މުބާރާތުން ރާއްޖެ ވަނީ ފަސް މެޑަލް ހޯދާފަ އެވެ.

އެކަމާ ގުޅިގެން ރައީސް ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެއީ ތާރީޚީ ކާމިޔާބީއެއް ކަމަށެވެ. ބޮޓްސްވާނާ އިންޓަރނޭޝަނަލް ސީރީޒް ބެޑްމިންޓަން 2024 ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ މުބާރާތެއްގައި އަންހެނުންގެ ސިންގަލްސް ފައިނަލުގައި ވާދަކުރަން، ދިވެހިރާއްޖޭގެ އާމިނަތު ނަބީހާ އާއި، ފާޠިމަތު ނަބާހާ ހޮވުމާއެކު، ޗެންޕިއަންކަމާއި ރަނަރއަޕްކަންވެސް ރާއްޖެއަށް ކަށަވަރުވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި މުބާރާތުގައި، 2 ގޯލްޑް މެޑެލް، 2 ސިލްވަރ މެޑެލް އަދި 4 ބްރޯންޒް މެޑެލް ކަށަވަރުކޮށް، ދިވެހި ކުޅުންތެރީން ދައްކަމުންދާ މޮޅު ކުޅުމަށްޓަކައި ފަޚުރުވެރިކަމާއެކު ސާބަސް ދެއްވަމުން ރައީސް ވަނީ ، މި ޝަރަފް ރާއްޖެއަށް ހޯދަައިދިން ހުނަރުވެރި ދެބެއިންނަށާއި، ދިވެހި މުޅި ޓީމަށް ތަހުނިޔާ ވިދާޅުވެފަ އެވެ.

މި މުބާރާތުގައި ރާއްޖެއިން ހޯދާފައިވަނީ އަންހެން ސިންގަލްސް އިން ނަބާހާގެ ރަން މެޑަލާއި އައިމިނަތު ނަބީހާގެ ރިހި މެޑަލްގެ އިތުރުން، މިކްސް ޑަބަލްސް އިން ޒަޔާން އާއި ނަބާހާގެ ރިހި މެޑަލާއި ފިރިހެން ޑަބަލްސް އިން ޒަޔާން ޒަކީ އާއި ނިބާލް އަހުމަދުގެ ޕެއާގެ ލޯ މެޑަލްގެ އިތުރުުން އަންހެން ޑަބަލްސްގައި ނަބާހާ އާއި ނަބީހާ ގެ ޕެއާ އިން ހޯދި ލޯ މެޑަލް އެވެ.

https://wamco.com.mv/
tel:+9607331319