logo

ޓޫރިޒަމް އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

profile

ޝުރުފާ މުހައްމަދު - 22 ނޮވެމްބަރު 2024 - 13:59

ރާއްޖޭގެ ޓޫރިސްޓް ރިސޯޓެއް މަތިން ފެންނަ ގޮތް

ރާއްޖޭގެ ޓޫރިސްޓް ރިސޯޓެއް މަތިން ފެންނަ ގޮތް

މޯލްޑިވްސް ޓުއަރިޒަމް އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން އެ މުއްދަތު އެންމެ ފުރަތަމަ ހުޅުވީ މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ. އެކަމަކު އެ މުއްދަތު ހަމަވި ފަހުން މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ އެ މުއްދަތު މި މަހުގެ 28 ވަނަ ދުވަހުގެ މެންދުރު 2 އާ ހަމައަށް އިތުރު ކޮށްފައެވެ.

މި އެވޯޑަށް ހުޅުވާލާފައި ވަނީ 5 ކެޓަގަރީ އަކުންނެވެ. އެއީ ރިސޯޓުތަކާއި، ހޮޓާތަކާއި، ގެސްޓުހައުސްތަކާއި، ސަފާރީ އަދި ޓްރެވެލް އެޖެންސީތަކަށެވެ. މި ފަސް ކެޓަގަރީ އިން 23 އެވޯޑެއް ދިނުމަށް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

މި އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ އޮންލައިންކޮށެވެ. މި އެވޯޑު ދިނުމަށް ހަމަޖެހިފައި ވަނީ 1 ޖޫން 2023 އިން ފެށިގެން 31 މެއި 204 ގެ ނިޔަލަށް ހިންގާފައިވާ ތަންތަނަށެވެ.

https://wamco.com.mv/
tel:+9607331319