
ވެލާނާ އިންޓަރ ނޭޝަނަލް އެއަރޕޯޓުގައި ފަތުރުވެރިންތަކެއް
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 7 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

މުޙައްމަދު މުއައްވަޒު - 06 މޭ 2023 - 09:04
މިއަހަރުގެ ފުރަތަމަ 5 މަސްދުވަސް ނިމުމުގެ ކުރިން ރާއްޖެއަށް 7 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކުރާ ތަފާސްހިސާބުތަކަސް ބަލާއިރު، މިއަހަރުގެ މެއި މަހުގެ 4ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 710،645 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ ކޮވިޑް-19ގެ ކުރިން މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންނަށްވުރެ އިތުރު އަދަދެކެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި 2023ވަނަ އަހަރުގެ މެއި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2019ވަނަ އަހަރާ އަޅާބަލާއިރު 6.4 ޕަސެންޓްގެ ކުރިއެރުމެއް ވަނީ ލިބިފައެވެ. އަދި މިއީ 2022ވަނަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކޮށްފައިވާ 640،730 ފަތުރުވެރިންނާ އަޅާ ބަލާއިރު 17.5 ޕަސެންޓް ގެ ކުރިއެރުމެކެވެ.
މިއަހަރުގެ މެއި މަހަށް އެކަނި ބަލާއިރު، މެއި މަހުގެ ފުރަތަމަ 5 ދުވަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2022ވަނަ އަހަރުގެ މެއި މަހުގެ މިމުއްދަތާ އަޅާބަލާއިރު 19.9 ޕަސެންޓް ދަށްވެފައިވީ ނަމަވެސް، 2019ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 3.3 ޕަސެންޓްގެ ކުރިއެރުމެއް ވަނީ ލިބިފައެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ވަކި މާކެޓްތަކަށް ބަލާއިރު، ޗައިނާ މާކެޓް ވަރަށް ބޮޑަށް ރަނގަޅުވަމުން އަންނަކަން ވަނީ ފާހަގަކުރެވިފައެވެ. މިގޮތުން މިއަހަރުގެ މެއިމަހުގެ 5ވަނަ ދުވަހާ ހަމައަށް ޗައިނާއިން ވަނީ 4.7 ޕސެންޓް ހިއްސާއާއެކު މާކެޓުގެ6 ވަނައަށް ޖެހިލާފައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން


