logo
ސަންގު ބަހުސްގެ ތެރެއިން ފާރިސް؛ ފޮޓޯ ސަންގު

ސަންގު ބަހުސްގެ ތެރެއިން ފާރިސް؛ ފޮޓޯ ސަންގު

މައުމޫން ސަރުކާރުގައިއަނިޔާ ލިބުނު ފަރާތްތަކުގެ ކިބައިން ފާރިސް މައާފަށް އެދިވަޑައިގެންފި

profile

އަހުމަދު ޒަލީފު - 06 ސެޕްޓެމްބަރު 2023 - 09:32

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ހިނގާދިޔަ އަނިޔާތަކަށް، މި އަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން މައާފަށް އެދިވަޑައިގެންފިއެވެ.

https://wamco.com.mv/

މައާފަށް އެދިވަޑައިގެން މިރޭ އޭނާ އާއްމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، ރައީސް މައުމޫން ވެރިކަން ކުރެއްވި ދުވަސް ވަރު ރައްޔިތުންގެ ތެރެއިން ބަޔަކަށް އަނިޔާތަކެއް ލިބި، ހިތާމަތަކެއް މެދުވެރިވި ކަމަކީ ހަގީގަތެއްް ކަމަަށް އޭނާ ގަބޫލު ކުރައްވާ ކަމަށެވެ.

"އަދި މި ހިތާމައިގައި އަދިވެސް ބަޔަކު ދެމި ތިބިކަމީ އަޅުގަނޑު ގަބޫލު ކުރާ ކަމެއް. އެއީ އަޅުގަނޑު ދޮގު ކުރާ ކަމެއް ނޫން".

އެކަމާއި މައާފަށް އެދިވަޑައިގަންނަވާ ކަމަށްވެސް ފާރިސް ވިދާޅުވިއެވެ.

އަދި އޭނާ ފަހުން ދެއްކި ވާހަކައެއްގެ ސަބަބުން އެ ހިތާމަތައް އިތުރުވެގެން ދިއުމަކީ ހަގީގަތެއް ކަމަށްވެސް ވިދާޅުވެ، ވަނީ މައާފަށް އެދިވަޑައިގެންފައެވެ.

"އަޅުގަނޑުގެ އަޒުމަކީ އަޅުގަނޑުގެ ވެރިކަމެއްގައި މި ހުރިހާ ފަރާތްތަކަށް ފުރިހަމަ ތަސައްލީއެއް ހޯދާދިނުން. އަދި އަޅުގަނޑުގެ ބެލުމުގެ ދަށުން ހިނގާ ސަރުކާރެއްގައި މިފަދަ އެއްވެސް ކަމެއް އެންމެ ކުޑަމިނަކަށްވެސް ނުހިނގާނެ ކަން ކަށަވަރު ކުރުމަކީ އަޅުގަނޑުގެ އަމިއްލަ ޒިންމާއެއް ކަަމަށްވެސް ހަދާނަން.". ފާރިސް ވިދާޅުވިއެވެ.

https://wamco.com.mv/
https://www.aslu.com.mv