ސަރުކާރުގެ ހޭދައާ ގުޅޭ ގޮތުން އެމްޑީޕީގެ މެމްބަރުން ދެއްކެވީ އަސްލެތް ނެތް ވާހަކަތަކެއް؛ ޚަރަދުކުރީ 38 ބިލިއަން ރުފިޔާ!
![profile](/_next/image?url=%2Fpanel-content%2Fuploads%2F2024%2F12%2Fphoto_2024-05-29_00-45-34(1).jpg&w=3840&q=75)
ޒިދާން މުޙައްމަދު - 25 އޮކްޓޯބަރު 2024 - 18:00
![](/_next/image?url=%2Fpanel-content%2Fmedia%2F06879d95-7254-402a-b497-37d0cdd9dfd3_1729879213084.jpg&w=3840&q=75)
ފެކްޓް-ޗެކްކުރި އިރު، ސަޕްލިމެންޓަރީ ބަޖެޓް ހުށަހެޅި ޖަލްސާގައި، ސަރުކާރުގެ ހޭދައާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެމްބަރުން ދެއްކެވީ އަސްލެތް ނެތް ވާހަކަތަކެއްކަން "އަސްލު" ނޫހަށް ކަށަވަރުވެއްޖެއެވެ.
24 އޮކްޓޯބަރު 2024 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވަނީ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅުއްވާފައެވެ. އެ ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މައިނޯރިޓީ ޕާޓީ - އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވިދާޅުވީ، ހަރަދުތައް ސިއްރުކޮށްގެން ތިބެ މުޅި މާލީ ނިޒާމާ މެދު ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ސަރުކާރުން ގެއްލުވާލާފައިވާ ކަމަށެވެ.
މިގޮތުން، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، 49 ބިލިއަން ރުފިޔާގެ ބަޖެޓުން މިހާ ހިސާބަށް އައިއިރު ހަރަދު ކުރެވިފައިވާ ކަމަށް އޮތީ އެންމެ 18 ބިލިއަން ރުފިޔާ ކަމަށާޢި ބާކީވާ 31 ބިލިއަން ރުފިޔާއަށް ވީ ގޮތެއް ނޭނގޭ ކަމަށެވެ.
ނަމަވެސް، މެމްބަރ ޖެއްސެވި ހިސާބު ދިމާނުވާކަން "އަސްލު" ނޫހުން ބެލިބެލިމުން އެނގެއެވެ. އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުން 2023 ވަނަ އަހަރު ފާސްކުރި، 2024 ވަނަ އަހަރަށް ލަފާކުރާ ބެޖެޓްގައި ވަނީ 49.8 ނުވަތަ ރައުންޑް-އޮފްކޮށް ބަލާ ނަމަ 50 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓުން ހޭދަކޮށްފައިވަނީ، މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް 38 ބިލިއަން ރުފިޔާއެވެ.
ސަޕްލިމެންޓަރީ ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރ މޫސާ ދެއްވި ބަޔާނުގައިވެސް އެކަން ފާހަގަކުރައްވާފައިވެއެވެ.
މިނިސްޓަރ ވިދާޅުވީ، މާލިއްޔަތުގެ ގާނޫނުގައި ވާގޮތަށް ކުރިއަށް އޮތް މަސްތަކުގައި ހިނގާނެކަމަށް ލަފާކުރާ ޚަރަދުތައް ކުރިއާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި، ދައުލަތުގެ މާލީ ހިސާބުތަކަށް ބަލާއިރު، މި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ބަޖެޓުން ޚަރަދުވެފައިވަނީ ފާސްކުރި މިންވަރުގެ 76 އިންސައްތަ ކަމަށެވެ. އެއީ 38 ބިލިއަން ރުފިޔާއެވެ.
31 ބިލިއަން ރުފިޔާ ފެން ތައްޓާކާ ނުލައި މިސަރުކާރުން ވީނުވީއެއް ނޭނގި ދިރުވާލި ކަމަށް މެމްބަރ މައުރޫފް ވިދާޅުވި ނަމަވެސް، ބަޖެޓުން 38 ބިލިއަން ރުފިޔާ ހޭދަކުރިކަމަށް މިނިސްޓަރ ވިދާޅުވެފައި ވާތީ، ބަޖެޓްގައި ބާކީ އޮންނާނީ 12 ބިލިއަން ވަރަކަށް ރުފިޔާކަން އެބަ ހާމަވެއެވެ. ސްޕްލިމެންޓަރީ ބަޖެޓް ހުށަހެޅުމާ ހަމައަށް މިއަހަރުގެ އޯގަސްޓްމަހުގައި ފާއިތުވި ދުވަސްތަކުގައި ކުރި ހޭދަ މިނިސްޓަރ ހިސާބު ޖެއްސެވިއިރު ހިމަނުއްވާފައިނުވެއެވެ.
އެހެން ނޫން ނަމަ، ބަޖެޓުން ކުރި ހޭދަ 38 ބިލިއަން ރުފިޔާއަށްވުރެ ގައިމުވެސް އިތުރުވާނެއެވެ.
ދައުލަތުގެ މިއަހަރުގެ ބަޖެޓަށް 5.1 ބިލިއަން ރުފިޔާ އިތުރު ކުރުމަށް ސަރުކާރުން މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓުގެ ބަހުސް ނިންމައި، ބަހުސް ދިރާސާކުރާ ކޮމިޓީއަށް ފޮނުވާފައެވެ.
މަޖިލީހުން ވަނީ ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރުމުގެ މަސައްކަތް އަވަސް ކުރުމަށް ބަޖެޓު ދިރާސާކުރުމުގެ މަސައްކަތަށް އެއް ދުވަސް ދޭން ވެސް ފާސްކޮށްފައެވެ.
ދައުލަތުގެ މި އަހަރުގެ ބަޖެޓަށް 5.1 ބިލިއަން ރުފިޔާ އިތުރު ކުރުމަށް ސަރުކާރުން ހުށަހަޅާފައި ވާއިރު އެއާ އެކު ޖުމްލަ ބަޖެޓުގެ ޑެފިސިޓު 18 ބިލިއަނަށް އަރާނެއެވެ. ފިނޭންސުން ބުނެފައިވާ ގޮތުގައި ސަޕްލިމެންޓްރީ ބަޖެޓުން އެންމެ ބޮޑު ބައެއް ހޭދަކުރަނީ ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށެވެ. ސަޕްލިމެންޓްރީ ބަޖެޓުން ދެ ބިލިއަން ކަނޑައަޅާފައިވަނީ ޕީއެސްއައިޕީ މަޝްރޫއުތަކަށެވެ.
ސަޕްލިމެންޓްރީ ބަޖެޓުގެ މުހިއްމު ބައިތައް
- ޕީއެސްއައިޕީ: ދެ ބިލިއަން ރުފިޔާ
- ސަބްސިޑީ (ތެޔޮ، ކާޑު، ކަރަންޓާއި ނަރުދަމާ އާއި ފެނުގެ ހިދުމަތް): އެއް ބިލިއަން ރުފިޔާ
- ކޮންޓިންޖެންސީ ބަޖެޓު: 650 މިލިއަން ރުފިޔާ
- ސްޓޫޑެންޑް ލޯނު: 458 މިލިއަން ރުފިޔާ
- ސަރުކާރު ހިއްސާވާ ކުންފުނިތައް: 441 މިލިއަން ރުފިޔާ
- އެންސްޕާ: 263 މިލިއަން ރުފިޔާ
- މެޑިކަލް ކޮންޒިއުމަބަލްސް: 200 މިލިއަން ރުފިޔާ
- މުސާރަ: 24 މިލިއަން ރުފިޔާ
މި އަހަރުގެ ބަޖެޓު ހުށަހެޅިއިރު ސަރުކާރުން ވަނީ ކަނޑައެޅި ރިފޯމުތަކާ އެކު، ބަޖެޓުން ގާތްގަނޑަކަށް 2.5 ބިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ބުނެފައެވެ. ނަމަވެސް އެކަންކަން އެގޮތަށް ކުރެވިފައި ނުވާތީ ސަޕްލިމެންޓްރީ ބަޖެޓާ އެކު، މި އަހަރުގެ ޖުމްލަ ބަޖެޓުގެ އަދަދު 55 ބިލިއަން ރުފިޔާ އަށް އެރުމުގެ ފުރުސަތު އެބަ އޮތެވެ.
ގުޅުން ހުރި ޙަބަރުތައް
![ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް](/_next/image?url=%2Fpanel-content%2Fmedia%2F615fbbb3-6aca-4c96-a72e-6802cd61ae00.jpg&w=3840&q=75)
ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
2 އަހަރު ކުރިން
![ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ](/_next/image?url=%2Fpanel-content%2Fmedia%2F7e229c8c-48f9-4caf-1ab4-bee1db9a8600.jpg&w=3840&q=75)
ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
2 އަހަރު ކުރިން
!["ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް](/_next/image?url=%2Fpanel-content%2Fmedia%2F64a302a4-b90e-4b69-a4a5-f0042d585d00.jpg&w=3840&q=75)
"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
2 އަހަރު ކުރިން
![ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު](/_next/image?url=%2Fpanel-content%2Fmedia%2F843a41cf-7a15-43f6-965e-1c7b0b4d0d00.jpg&w=3840&q=75)
ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
2 އަހަރު ކުރިން