logo
ދަނޑުވެރިކަން

ދަނޑުވެރިކަން

ދަނޑުވެރިންނަށް 13 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

profile

އަހުމަދު ޒަލީފު - 27 މޭ 2024 - 10:32

މިދިޔަ މަހުގެ ނިޔަލަށް ދަނޑުވެރިންނަށް 13 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ދަނޑުވެރިކަމާބެހޭ މިނިސްޓްރީން ބުނެފި އެވެ.

https://wamco.com.mv/

އެ މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު މަރިޔަމް ވިޝާމާ ވިދާޅުވީ ދަނޑުވެރިންނަށް މިހާތަނަށް ދޫކުރި 13 މިލިއަން ރުފިޔާގެ ލޯނުގެ ތެރޭގައި ހިމެނެނީ އަމިއްލަ ފަރުދުންނަށް ދޫކުރި ހަތަރު މިލިއަން ރުފިޔާ އާއި، ވިޔަފާރިތަކަށް ދޫކުރި 8 މިލިއަން ރުފިޔާގެ ލޯނު ކަމަށެވެ.

ރާއްޖޭގެ 85 ރަށެއްގެ 7627 ދަނޑުވެރިން އެބަތިބި ކަމަށާއި އޭގެ ތެރެއިން 53 ޕަސެންޓް މީހުންނަކީ އަންހެނުން ކަމަށްވެސް ވިޝާމާ ވިދާޅުވި އެވެ.

"ދަނޑުވެރި ނަފާ" ލޯނު ސްކީމަކީ އެސްޑީއެފްސީއާ ގުޅިގެން ހިންގާ ލޯނު ސްކީމެކެވެ.

ދަނޑުވެރި ނަފާގެ ދަށުން ލޯނު ދޫ ކުރަނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒަމާނީ ދަނޑުވެރިކަން ކުރުމަށާއި ޕޯލްޓްރީ ފާމިންއަށާއި ގަހުގެ ނާސަރީތައް ގާއިމް ކުރުމަށާއި ވެލިއު އެޑިޝަންގެ މަސައްކަތްތަކަށެވެ.

https://wamco.com.mv/
https://www.aslu.com.mv