logo

ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވާ މީހުން މި މަހުގެ 7 ގައި ފުރަނީ

profile

އަހުމަދު ޒަލީފު - 06 ޖޫން 2024 - 19:35

ހައްޖުގެ އަޅުކަން އަދާކުރުމަށް މީހުންތަކެއް ފުރުން

ހައްޖުގެ އަޅުކަން އަދާކުރުމަށް މީހުންތަކެއް ފުރުން

ސަރުކާރުން ހިލޭ ހައްޖަށް ފޮނުވާ 50 މީހުން މި މަހުގެ ހަތް ވަނަ ދުވަހު ފުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުގެ ދަށުން ސަރުކާރުގެ ހަރަދުގައި ހައްޖަށް ގެންދާ މީހުންގެ ފުރަތަމަ ބެޗްގައި ހިމެނޭ 50 މީހުން މި މަހުގެ ހަތް ވަނަ ދުވަހު ފުރާނެ ކަމަށެވެ.

ރައީސްގެ ވައުދުފުޅުގެ ދަށުން ހައްޖަށް ފޮނުވާ މީހުން ކަނޑައަޅަނީ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ މެދުގައި ގުރުލައިގެންނެވެ.

ފަގީރުންގެ ދަފުތަރުގައި އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ 982 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން ޝަރުތު ހަމަވަނީ 667 މީހުންނެވެ.

ދައުލަތުގެ ހަރަދުގައި ހައްޖަށް ގެންދާ މީހުންނަށް އެތެރޭގެ ދަތުރުފަތުރުތަކުގެ ހަރަދާއި މާލޭގައި ހުރުމުގެ ހަރަދު ވެސް ހަމަޖައްސައިދޭނެއެވެ.

ކުރިއަށް އޮތް 5 އަހަރު ދުވަހަށް ބަހާލައިގެން 1000 ފަގީރުން ހިލޭ ހައްޖަށް ފޮނުވުމަށް ނިންމާފައިވާފައިވާއިރު މިއީ ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ކަމެކެވެ.

އުންމީދަކީ މިކަމަކީ މިއީ ފަސް އަހަރަށް ކުރާ ކަމަކަށް ނަހަދައި ދާއިމީކޮށް ރައްޔިތުންނަށް ލިބޭނެ ކަމެއްގެ ގޮތުގައި ހެއްދެވުން ކަމަށް ރައީސް ވަނީ ކުރިން ވިދާޅުވެފައެވެ.

https://wamco.com.mv/
tel:+9607331319