logo

ބޮޑުމޮހޮރާގައި ރާ ގެންގުޅުނު މީހުންގެ ވަނަވަރު ހާމަކޮށްފި

profile

ޒިދާން މުޙައްމަދު - 06 އޯގަސްޓު 2024 - 14:40

ބަނގުރަލުގެ މައްސަލައިގައި ހައްޔަރުކުރި މީހުން

ބަނގުރަލުގެ މައްސަލައިގައި ހައްޔަރުކުރި މީހުން

ވ. ބޮޑުމޮހޮރާގައި ބަނގުރާ ގެންގުޅެ، ވިއްކަމުންދިޔަ ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވަނީ ހައްޔަރުކުރި މީހުންގެ ފޮޓޯއާއި ވަނަވަރު ހާމަކޮށްފައެވެ.

އެ މައްސަލާގައި ތިން މީހުން ހައްޔަރުކޮށްފައި، ވާއިރު އެއީ ދެ ދިވެއްސަކާއި ސްރީލަންކާގެ ރައްޔިތެކެވެ.

ފުލުހުންގެ ޚިދުމަތުން ބުނި ގޮތުގައި އެ މީހުން ހައްޔަރުކުރީ އެރަށުގައި ބަނގުރާ ގެންގުޅެ ވިއްކާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރީ މ. ލަކްސްގާޑް، އަހުމަދު އަޝްރަފާއި ގދ. ތިނަދޫ ބްލޫހެވަން އަމްޖަދު މުހައްމަދާއި ސްރީލަންކާ މީހެއް ކަމަށްވާ ނަލިން އިންދިކާ ކޮޑިކިރާއެވެ.

އެ ޚިދުމަތުން ބުނީ ބޮޑުމޮހޮރާ ބަލައި، ފާސްކުރިއިރު އެރަށުން 24 ފުޅި ރާ ފެނިފައިވާ ކަމަށެވެ.

https://int.etukuri.mv/
tel:+9607331319